ރާއްޖެއާއި ސައުދީން ވިޔަފާރިއާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެ އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
އެމްއޯޔޫގައި ސޮއިކުރިކަން ހާމަކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއާއި ސައުދީއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން ސައުދީގެ ކޮމާސް މިނިސްޓަރު މާޖިދު އަބްދުﷲ އަލް ގަސާސީއާއެކު ވަރަށް އުއްމީދީ ވާހަކަތަކެއް ބޭއްވެވި ކަމަށެވެ.
އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން އެމްއޯޔޫއެއްގައި ސޮއިކުރެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
މިނިސްޓަރުގެ ދަތުރުފުޅުގައި ވަނީ ސައުދީގެ އިންވެސްޓްމަންޓް މިނިސްޓްރީގެ އިސް ބޭފުޅަކާވެސް ބައްދަލުކުރައްވައިފަ އެވެ.
ސައީދު ވިދާޅުވީ އިތުރު އިންވެސްޓްމަންޓްތަކާއެކު އިގުތިސާދު ފުޅާކުރަން ދެ ގައުމުން ވެސް ޝައުގުވެރިވާ ކަމަށެވެ.
Had constructive discussions with H.E. Eng. Ibrahim Almubarak
@MISA
during my official visit to Saudi Arabia. Both nations are eager to explore new avenues of partnership and investments & build on our long term relationship to create opportunities for mutual growth.

ކިޔުންތެރިންގެ ހިޔާލު