އެމްއެމްއޭ
އެމްއެމްއޭ
ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފިއެވެ.

ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަން އެކުލަވާލާފައިވާ އާގަވާއިދުގެ ދަށުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީ ވާން 30 ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ. އަދި އަލަށް ރަޖިސްޓްރީ ކުރާ ވިޔަފާރިތަކުން ވެސް މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި މި ރަޖިސްޓްރޭޝަނަށް އެމްއެމްއޭއަށް ހުށަހަޅަން ޖެހެއެވެ.

އެމްއެމްއޭ އިން މިއަދު ބުނެފައިވަނީ ފޮރިން އެކްސްޗޭންޖް ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓްރީން ވާން ޖެހޭ ކަމަށެވެ.

އެގޮތުން އެ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއިން ރިޕޯޓިން ރިކުއަމަންޓެއްގެ ގޮތުގައި އެކުލަވާލާފައިވާ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެމްއެމްއޭ އިން ވަނީ އަންގާފަ އެވެ.

އެމްއެމްއޭ އިން ބުނީ މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމެއްކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އެކަމަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.

އެމްއެމްއޭ އިން އިއްޔެ ވަނީ އާ ގަވައިދުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށްވެސް ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން