ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ހަދަން އެޗްޑީސީއާ ހަވާލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަަަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އަމީން އިބްރާހިމް އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު އެވެ.

މިއަދު ހަވާލުކުރި ޕާކިން ބިލްޑިންތަކަކީ ހުޅުމާލެ ޑިވޮލޮޕްމަންޓް ޕްލޭންގެ ތެރެއިން ހަދަން ނިންމާފައިވާ ތަންތަނެވެ.

މިދިޔަ އޮގަސްޓް މަހު އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ އެ ޕާކިން ބިލްޑިންތަކާއެކު ހަތަރު ހާސް އުޅަނދު ޕާކު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އެއާއެކު ރައްޔިތުން ގެންގުޅޭ ކާރުތަކާއި އުޅަނދުތައް ދާއިމީކޮށް ބާއްވާނެ ތަންތަން ދެން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެއެކޭ އެއްގޮތަށް ހުޅުމާލޭގެ މަގުތަކުގައި ވެސް އުޅަނދުތައް މަޑުމަޑުން ތޮއްޖެހެމުންދާކަން ފާހަގަކޮށްލެވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން