ސުކޫކަކަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދައްކައި ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ސުކޫކަކީ ކުރީ ސަރުކާރުން 2021 ވަނަ އަހަރު ނެގި 500 މިލިއަން ޑޮލަރުގެ ތެރެއިން އެންމެ ފަހުން ދައްކަން އޮތް ފައިސާ ކަމަށެވެ.
އެ ސުކޫކުގެ ދަށުން ކޮންމެ އޭޕްރީލް މަަހަކާއި އޮކްޓޫބަރު މަހަކު ކޫޕަން ޕޭމަންޓްގެ ގޮތުގައި ދިޔައީ ފައިސާ ދައްކަމުން ނެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދަރަނި ދެއްކުމަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭކަންތައް ކަމަށެވެ. އަދި ގަވާއިދުން ކޫޕަން ޕޭމަންޓްތަކަށް ފައިސާ ދައްކަމުން ދިއުމުން ސަަރުކާރުން ދަރަނި ދެއްކުމަށް އިސްކަންދޭކަން ހާމަވާ ކަމަށްވެސް ފިނޭންސުން ބުނެފައި ވެއެވެ.
ސުކޫކަށް ފައިސާ ދެއްކިއިރު ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެ ޑިފޯލްޑްވެދާނެ ކަމުގެ އަޑުތަކެއް މި ފަހުން އޮތީ ފެތުރިފަ އެވެ،. އަދި ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ސީސީއަށް ދަށްވެސްކޮށްފަ އެެވެ.
ފިޗްގެ ރޭޓިން ދަށްކުރުމުން ސަރުކާރުން މިހާރު ދަނީ އެކަން ހައްލުކުރަން ފިޔަވަޅުތައް އަޅަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު