ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި އޮންނަ މަސްފެންގަނޑު މަރާމާތުކުރަން ފަށައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ އެކަން އެކްސްގައި ޔަގީންކޮށްދެއްވައިފަ އެވެ.

އަ

އޭނާ ވިދާޅުވީ ސްޓެލްކޯގެ އަޒުމަކީ މި ސަގާފީ ތަރިކަ ކުރިއެކޭ އެއްގޮތަށް ފެންނާނެ ގޮތަށް އަލުން އެތަން މަރާމާތުކޮށްދިނުން ކަމަށެވެ. އެ ތަނަކީ އަޅުގަނޑުމެންގެ ތާރީހާ ގުޅިފައިވާ މުހިންމު ބިނާއެއް ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ މަސައްކަތްކުރީ އާންމުކޮށް އިއުލާންކޮށްގެން އެ މަސްފެންފަނޑު މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

ނަމަވެސް ފާޑުކިއުންތައް މާ ބޮޑަށް އަމާޒުވުމުން އެ އިއުލާން ބާތިލުކުރީ އެވެ.

އެކަމަކު ފަހުން ސްޓެލްކޯއާ ވާހަކަ ދެއްކުމުން އެ މަސްފެންފަނޑު މަރާމާތުކުރަން އެ ކުންފުނިން ޝައުގުވެރިކަން ފާޅުކުރީ އެވެ.

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރަން ނިންމީ އެތަނަށް 40 އަހަރު ފުރޭތީއާ އެކު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން