ޕީޕީއެމްގެ ނާއިބަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ސެކެޓްރީ ޖެނެރަލްގެ މަގާމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަަމަޖައްސައިފި އެވެ.
މި މަގާމުތަކަށް އެ ދެ ބޭފުޅުން އިންތިހާބު ކުރީ މިއަދު އެ ޕާޓީގެ ސެނެޓުން ބޭއްވި ބައްދަލުވުމުގަ އެވެ. އަދި އެބޭފުޅުން މަގާމަށް ހޮވީ ސެނެޓުގެ އިއްތިފާގުން ނެވެ.
ޕީޕީއެމަކީ އެންމެ ފުރަތަމަ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ޕާޓީ އެކެވެ.
އޭރު އެ ޕާޓީ ރައީސް މައުމޫން އުފެއްދެވީ އޭރު ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީއާ ޖެހުނު މައްްސަލަތަކާ ގުޅިގެން ނެވެ.
ނަމަވެސް އޭގެ ފަހުން ކުރީގެ ރައީސް އަދި ރައީސް މައުމޫނުގެ އެއައްބަފާ ކޮއްކޯފުޅު، އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔާމީނާއި ދެމެދު ޚިޔާލު ތަފާތުވުން އުފެދި ހިނގާދިޔަ ސިޔާސީ ދެކޮޅުވެރިކަމުފައި ޕީޕީއެމުން އެމަނިކުފާނު ވަކިކުރި އެވެ.
އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ރައީސް ޔާމީންއާ މުއިއްޒުއާ ގުޅުން ގޯސްވެ ޔާމިން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު