ރަޖިސްޓްރީނުކޮށް ހިންގާ ނޫސް ވެބްސައިޓުތަކުން އަހުލާގީ މިންގަނޑާ ހިލާފުވުމާއި ކުޑަކުދިންގެ ޒާތީ މައުލޫމާތު ފަތުރާ ވެބްސައިޓްތައް ބްލޮކްކުރާގޮތަށް ނިންމައިފި އެވެ.
މި ސަރުކާރުން ވެރިކަމަށް އައިފަހުން ސަރުކާރަށް ފާޑުކިޔައި ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓެއް ކަމަށްވާ "ދިޔަވަރު" ނޫހުން ހަގީގަތާ ހިލާފު އަބުރުގެއްލޭ ފަދަ ހަަބަރުތައް ޝާއިއުކުރާތީ އެކަން ސަމާލުކަމަށް ގެނައުމަށް ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރަޖިސްޓްރީ ނުކޮށް ރާއްޖޭގައި ހިންގާ ވެބްސައިޓުތަކުން ގާނޫނާއި ގަވައިދުތަކާއި މީޑިއާތަކުން އަމަލުކުރަން ޖެހޭ އަހުލާގީ މިންގަނޑާ ހިލާފަށް ހަބަރުތައް ފަތުރާނަމަ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ މީޑިއާ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމަށެެވެ.
ނަމަވެސް ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ގޮތެއް އަދި ނުވަތަ އެޅޭނެ ފިޔަވަޅުތަކެއް ގާނޫނާއި ގަވައިދާއި ޝަކުވާ ބެލުމުގެ އުސޫލުގައި ބަޔާންކޮށްފައި ނުވާ ކަން ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.
އަދި ހަގީގަތާ ހިލާފް ހަބަރު ފަތުރާ ކޮންމެ ވެބްސައިޓެއް ބްލޮކް ކުރުމަކީ އެ މައްސަލަ އަށް ހައްލެއް ލިބިގެން ދާނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އެފަދަ ފިޔަވަޅުތަކެއް އަޅައިފި ނަމަ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ދާނެކަން މީޑިއާ ކައުންސިލުން ފާހަގަކޮށްފައި ވެއެެވެ.
"ނަމަވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފް ކޮންޓެންޓް ފެތުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ އާއި ކުޑަކުދިންގެ ޒާތީ މައުލޫމާތުތައް ފެތުރުން ފަދަ މައްސަލަތަކުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ބްލޮކް ކުރުން ހިމަނައި އެކަމާ ގުޅޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މި ކައުންސިލުން އަންނަނީ ކުރަމުން ނެވެ." މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު