ގުޅުން ބަދަހިކުރަން އަފްގާނިސްތާނާއެކު ރާއްޖެއިން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ޕާކިސްތާނުގައި ހުންނަވާ އަފްގާނިސްތާނުގެ ސަފީރު ސަރުދާރު އަހުމަދު ޝަކީބާއި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ތޯހާއާ ދެމެދު އެވެ.
އަފްގާނިސްތާނުގެ އެމްބަސީން ބުނީ އެ ބައްދަލުވުމުގައި މެދުތެރޭ އޭޝިއާގެ ގައުމުތަކާއެކު އަފްގާނިސްތާނު މެދުވެރިއަކަށްވެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމާމެދު ވާހަކަތައް ދެކެވުނު ކަމަށެވެ.
އަފްގާނިސްތާނުގެ ސަފީރު ތޯހާ ވިދާޅުވީ އެގައުުމުން ހުރިހާ ގައުމަކާ އެކުވެސް ގުޅުންތައް ބާއްވަން ބޭނުންވާ ކަމަށާއި އަދި އިގުތިސާދީ ޕޮލިސީތަކާއެކު އަފްގާނިސްތާނަކީ ސަރަހައްދު ގުޅުވައިދޭ ހަބަކަށް ހަދަން ބޭނުންވާ ކަމަށެވެ.
އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އަލުން އައީ 2022 ވަނަ އަހަރު އެވެ.
އެހެން ނަމަވެސް ރާއްޖެއިން ތާލިބާނުންގެ ސަރުކާރު ބަލައިގަންފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު