ސްޕެއިންގެ ހޮސްޕިޓަލެއްގައި ކޯވިޑް-19 ގެ ޙާލު ބޮޑު ބަލި މީހަކަށް ފަރުވާ ދެނީ
ސްޕެއިންގެ ހޮސްޕިޓަލެއްގައި ކޯވިޑް-19 ގެ ޙާލު ބޮޑު ބަލި މީހަކަށް ފަރުވާ ދެނީ
މިއަދު އަލަށް ޕޮޒިޓިވްވި 5,537 މީހުންނާއެކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 124,736 އަށް އަރައި، ދުނިޔޭގައި މިބަލި ޖެހުނު މީހުން ދެވަނައަށް އެންމެ ގިނަ ގައުމުގެ ގޮތުގައި ސްޕެއިން ހިމެނިއްޖެއެވެ.

އިއްޔެ ސްޕެއިންގައި ބަލިޖެހުނު މީހުންގެ އަދަދު އުޅުނީ 117,710 ގައެވެ. އިޓަލީގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު އުޅެނީ 119,827 ގައެވެ. އަދި ބަލިޖެހުނު މީހުން ދެވަނައަށް އެނެމެ ގިނަކަމަށް އިއްޔެއާއި ހަމައަށްވެސް ލިސްޓުގައި އޮތީ އިޓަލީއެވެ. ކޯވިޑް-19 އަށް 277,607 މީހުން ޕޮޒިޓިވްވެ ދުނިޔޭގައި މިހާރު ކޯވިޑް-19 ޖެހިފައިވާ މީހުން އެންމެ ގިނަ ޤައުމެއްގެ ގޮތުގައި އަދިވެސް ހިމެނިފައިވަނީ އެމެރިކާއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސްޕެއިން އިން 11,744 މީހުން މަރުވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 34,219 މީހުންނެވެ. މިވަގުތު ބަލީގައި ފަރުވާ ހޯދަމުންދާ 78,773 މީހުން ތިބިއިރު އޭގެތެރެއިން 6,416 މީހުންނަކީ ވަރަށް ހާލުދެރަ ނުވަތަ ނުރައްކާެތެރި ހާލަތުގައި ތިބި މީހުންނެވެ.

ކޮރޯނާ ވައިރަސްގެ ކޭސްއެއް ސްޕެއިންއިން އަލަށް ފެނިފައިވަނީ ނިމިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން