ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދަޢުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު މައްސަލާގައި އެމަނިކުފާނަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
އަދީބު ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް ހައިކޯޓުން ނިންމީ ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލު ކުރުމުން ދައުލަތުން ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމުންނެވެ. އިސްތިއުނާފް މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ ކުރިން އޭނާގެ ވަކީލަކަށް ހުންނެވި މަހްފޫޒް ސައީދު ހައި ކޯޓުގައި އޭނާ ތަމްސީލު ކުރެއްވީ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހަށް އެކަނި ކަމަށާއި އެހެންވެ، މައްސަލައިން އޭނާ މިހާރު ވަކިވެފައިވާ ކަމަށެވެ.
އަދި އެ މައްސަލައަށް ވަކީލަކު ހަމަޖައްސަން ބޭނުން ވަނީ ވަކީލަކާއެކު ޖަލުގައި ބައްދަލުވެ، ވާހަކަ ދެއްކުމަށް ކަމަށް ވިޔަސް، މިހާރު ޖަލުގައި ވަކީލުންނާ ބައްދަލު ކުރެވެނީ ކޯޓުން އަންގާ ހާލަތްތަކުގައި އެކަނި ކަމަށެވެ. އަދި ޖަލުގައި ވަކީލުންނާއި ބައްދަލު ނުކުރެވޭތީ، ވަކީލަކު ހަމަޖެއްސިފައި ނުވުމުން ވަކީލަކު ހަމަޖެއްސުމަށް މުހުލަތެއް ދިނުމަށް އަދީބު ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.
އަދީބު ވިދާޅުވީ ވަކީލަކާއި ބައްދަލު ކުރުމަށް ފުރުސަތު ލިބެނީ ފޯނުގެ ޒަރިއްޔާއިން ކަމަށާއި އެހެން ކަމުން، މައްސަލައާއި ގުޅޭ ގޮތުން ވަކީލާއި ދައްކަން ޖެހޭ އަމިއްލަ ވާހަކަތައް ދެއްކުމަށް ހުރަސް އެޅޭ ކަމަށެވެ. އަދި އެހެން މީހުންނަށް ދައްކާ ވާހަކަތައް އަޑު ނީވޭފަދަ ގޮތަކަށް މިނިވަން ކަމާއެކު ވަކީލަކާއި ބައްދަލު ކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް ވެސް އަދީބު ވަނީ އެދިވަޑައިގެންފަ އެވެ.
މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ވަކި ކޮޓަރިއެއްގައި ދައުވާ ލިބޭ ފަރާތާއި ވަކީލާއި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަސާސީ ހައްގުތައް ހިމާޔަތް ކުރުމުގައި ވަކި މައްސަލައަކަށް ނުބަލައި ހުރިހާ މައްސަލަތަކުގައިވެސް މިގޮތަށް ބާރު އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މީގެ ކުރިން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާ ވަނީ ފިލައިގެން ގޮސްފަ އެވެ. އެފަހަރު އޭނާ ހައްޔަރުކުރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ޓަގު ބޯޓެއްގައި ހުއްޓައެވެ. އަދި އޭގެފަހުން އޭނާ ރާއްޖެ ގެނެސް ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލި އެވެ. އެ މައްސަލާގައި ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެ ހުކުމް މިހާރުވަނީ ތަންފީޒުކޮށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު