އިސްރާއިލުގެ ޕާސްޕޯޓު މަނާކުރަން ބޮޑެތި ގައުމުތަކުގެ ބަަސްހޯދަން އުޅޭކަމަށް ބުނެ ޑިމޮކްރެޓްސްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

އިސްރާއިލުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު މަޖިލީހުގެ ކޮމިޓީގައި ޕާކުކޮށްފައި ފަަސް މަސް ވަންދެން ބާއްވާފައި އޮތުމަށްފަހު އެ ބިލުގެ މަސައްކަތް މި މަހުގެ 12 ވަނަ ދުވަހު އޮތީ ފަށަައިފަ އެވެ.

ބިލު ފާސްނުކޮށް ގިނަ ދުވަސް ވެފައިވާއިރު އެ ބިލު ފާސްކުރުން އަވަސްކުރަން ނިންމާފައިވާ ކަމަށް ސަރުކާރުގެ މެޖޯރިޓީ އޮންނަ ޕީއެންސީން މިހާރު ދަނީ ބުނަމުން ނެވެ.

ނަމަވެސް އިއްޔެ ބޭއްވި 241 ކޮމިޓީގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި ޕާސްޕޯޓް މަނާކުރުމުގެ ކުރިން އަރަބި ގައުމުތަކާއި ފަަލަސްތީނުގެ ބަހެއް ހޯދަން ޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓްސްގެ ރައީސް އެކްސްްގައި ވިދާޅުވީ އެ މައްސަލައިގައި މިހާރު ޕީއެންސީއަށް އަހަން ޖެހިފައިވަނީ ފަަލަސްތީނާއި ބޮޑެތި ގައުމުތަކުގެ ބަސް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އަހަންވީ ޕީއެންސީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބަސް ކަމުހައުޕި އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ނާއިބު ރައީސް ވެސް ފާޑު ވިދާޅުވެ ވިދާޅުވީ މިހާރު ޕީއެންސީ އޯބިޓުން ކައްސާލައިފައިވާ ކަމަށެވެ. އަދި މި ވަގުތު އެ ޕާޓީ އޮޕަރޭޓް ކުރަމުންދަނީ އެހެން ޕްލެނެޓެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން