ހައްގު ގޮތުގައި ﷲއަށް ވަކީލު ކުރުމަކީ އީމާންކަމާއި، އިސްލާމްކަމާއި، އިޙްސާން ކަމާ ގުޅި ލާމެހިފައިވާ ކަމެއް ކަމަށާއި، އެއީ ދުންޔަވީ ޙަޔާތުގައި އެކަމުގެ އަސަރު ބޮޑު، އަދި ދީނުގެ މަތިވެރިވެގެންވާ ޝިއާރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ ވަކީލު ކުރުމަކީ ގަދަރު އުފުލިގެންވާ އަމަލެއް ކަމަށާއި، ﷲގެ ލޯބިވެވޮޑިގަތުން ހާސިލް ކުރެވޭނެ މަގެއް ކަމަށެވެ. އަދި އިޚްލާޞްތެރިކަމާ އެކު ﷲ އަށް ވަކީލު ކުރުމަކީ މުއުމިނު އަޅުތަނުންގެ މައްޗަށް ވާޖިބެއް ކަމަށާއި މާތް ﷲ އަށް ވަކީލުކުރުން ކުޑަކުރެވި، މާބޮޑަށް ސަބަބުތަކަށް ބަރޯސާވެއްޖެ ކަމުގައިވާނަމަ އެމީހަކަށް ކެހި ލިބޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޙައްޤު ގޮތުގައި މާތް ﷲ އަށް ވަކީލުކުރުމަކީ އަޅުކަމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެއް ކަމަށާއި، އެކަމަކާ ނުލައި އަޅާގެ އީމާންކަން ފުރިހަމަ ނުވާނޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ﷲ އަށް ވަކީލު ކުރުމަކީ އިސްލާމް ދީނުގެ ރިވެތި އަޚްލާޤުގެ ތެރެއިން ހިމެނިގެންވާ މަތިވެރި މާތް ސިފައެއް ކަމަށެވެ.
ﷲ އަށް ޙައްޤު ގޮތުގައި ވަކީލުކުރުމަކީ ޔަގީންކަމުގެ އެންމެ މަތީ ދަރަޖަ ކަމަށާއި ކުއްތަންވެގެންވާ މީހުންގެ މަތިވެރި ޝަރަފު ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުންޔަވީ ސަބަބުތަކެއްވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެއަށް އީމާން ވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެ ސަބަބުތަކަކީ ކަމެއް ހާސިލްކުރުމުގައި، މުހިއްމު ކަމެއް ނޫން ކަމުގައި ދުށުމަކީ، ސިކުނޑީގެ އުނިކަމެއް ކަމަށެވެ. އަދި އިސްލާމް ދީން ގޮވާލާ ގޮތެއް ވެސް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
"ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑިއެވެ. ތައުހީދުގެ އެންމެ މަތީ ދަރަޖައެވެ. އީމާންކަމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެކެވެ. އީމާންކަން ފުރިހަމަވުމަށްޓަކައި ކޮންމެހެން ލާޒިމު ކަމެކެވެ. އަޅުކަމުގެ ތެރެއިން މަތިވެރިވެގެންވާ އަޅުކަމެކެވެ. އެހެންކަމުން އިހްލާސްތެރިކަމާ އެކު ﷲ އަށް ވަކީލު ކުރުމަކީ މުއުމިނު އަޅުތަނުންގެ މައްޗަށް ވާޖިބެކެވެ." ޚުޠުބާގައި ބުނެފައވެއެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ މާތްﷲ މި ކާއިނާތުގެ ކަންކަން ތަދްބީރު ކުރައްވައި ރާއްވަވައި ހިންގަވަނީ އެކަލާނގެ ލައްވާފައިވާ ކައުނީ ސުންނަތްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށާއި ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުނިޔަވީ ސަބަބުތަކެއް ވާ ކަމަށެވެ. އަދި އެ ސަބަބުތަކުގައި ހިފުމަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ހަމައެކަނި އެ ސަބަބުތަކަށް ބަރޯސާވުމަކީ، އިސްލާމީ ޢަޤީދާއާ ފުށުއަރާ ކަމެއް ކަމަށެވެ. އެހެންކަމުން ސަބަބު ތަކުގައި ހިފައި، ﷲ ތައާލާ އަށް ބަރޯސާ ވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ﷲ އަށް ވަކީލުކުރާ ތައުޙީދުގެ އަހުލުވެރިންގެ ގޮތަކީ ހަމައެކަނި ސަބަބުތަކަކަށް ބަރޯސާނުވުން ކަމަށާއި، އެސަބަބުތަކަށް ދޫކޮށް ނުލުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ސަބަބުތަކުގައި ހިފައި، ސަބަބުތައް މެ ދުވެރިކުރައްވާ، ޢާލަމްތަކުގެ ވެރި ރަސްކަލާނގެއަށް އުއްމީދުކުރަން ޖެހޭ ކަމަށެވެ. އަދި އެމީހެއްގެ ހުރިހާ ކަމެއް އެ ކަލާނގެއާ ހަވާލު ކުރުމާއެކު ރަމަލުޖެހުމާއި، ފާލުބެލުމާއި، އަތްބެލުމާއި، ތަވީދު އެޅުން ފަދަ ޝިރުކުގެ އަމަލުތަކުން ދުރުވެ އެއްކިބާވެ މިންވަރުކުރެއްވި ކަމެއް މެނުވީ ނުވާނެކަން ހިތުގެ އަޑިން ގަބޫލު ކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
"ވަކީލުކުރުމަކީ ﷲ ތައާލާ ނިޔާކުރައްވާފައިވާ ސަބަބުތަކުގައި ހިފުން ނަފީކުރާކަމެއް ނޫނެވެ. ފަހެ ހަމަކަށަވަރުން ﷲ ތައާލާ ވަނީ ވަކީލުކުރުމަށް އަމުރު ކުރެއްވުމާއެކު ސަބަބުތަކުގައި ހިފުމަށް ވެސް އަމުރު ކުރައްވާފައެވެ. ފަހެ ސަބަބުތަކުގައި ހިފުމަށް އަމަލީ ގޮތުން މަސައްކަތް ކުރުމަކީ ﷲ އަށް ވެވޭ ކިޔަމަން ގަތުމެކެވެ. މިކަމުގައި މީސްތަކުންނަށް ކެހި ލިބިގެން ދަނީ ވަކީލުކުރުން ކުޑަވުމުންނެވެ. އަދި ހަމައެކަނި ސަބަބުތަކަށް ބަރޯސާވުމުންނެވެ." ޚުޠުބާގައި ވެއެވެ.
ޚުޠުބާގައި ބުނެފައި ވަނީ ﷲ އަށް ވަކީލުކުރާ ތައުހީދުގެ އަހުލުވެރިންގެ ގޮތަކީ ހަމައެކަނި ސަބަބުތަކަށް ބަރޯސާނުވުން ކަމަށާއި ހަމައެއާއެކު އެސަބަބުތަކަށް އިހުމާލުވެ ދޫކޮށް ވެސް ނުލުން ކަމަށެވެ. ނަމަވެސް ސަބަބުތަކުގައި ހިފައި ސަބަބުތައް މެދުވެރިކުރައްވާ އާލަމުތަކުގެ ވެރި ރަސްކަލާނގެއަށް އުންމީދުކުރުމާއި ﷲ އަށް ރުޖޫއަވެ، އެމީހެއް ހުރިހާކަމެއް އެ ކަލާނގެއާ ހަވާލު ކުރުން ކަމަށެވެ. އަދި ރަމަލު ޖެހުމާއި، ފާލުބެލުމާއި އަތްބެލުމާއި، ތަވީދު އެޅުން ފަދަ ޝިރުކުގެ އަމަލުތަކުން ދުރުވެ އެއްކިބާ ވުމަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު