ކާރެއްގައި ރޯކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ އެކަކުގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
މި މަހުގެ 25 ވަނަ ދުވަހު ބުރުޒު މަގުގައި ހުންނަ ސިނަމާލެ އެކެއްގެ ޕާކިން ޒޯންގައި ޕާކުކޮަށްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައެއްގައި ހައްޔަރުކުރީ މ. އަރާރަތްކުރި/ހާލިދް މަހްމޫދު (35 އަހަރު) އަދި އދ. މާމިނގިލި/ ބްލޫވިންޑް/ ހަސަން ނަސީމް (31 އަހަރު) އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރި ނަސީމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް މިހާރު ވަނީ ޖަަހައިދީފަ އެވެ.
ނަމަވެސް ހާލިދުގެ ބަންދާމެދު ގޮތެއް ނިންމިކަމެއް އެނގިފައެއް ނުވެއެވެ.
ބަންދު އަމުރުގައި ބުނީ ހުޅު ޖެހުމާ ގުޅިގެން ކާރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.
އަދި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސީސީޓީވީ ކެމެރާ ސްނެޕްޗެޓް ޝޮޓްސްތަކުން ވެސް ނަސީމް ހުޅު ޖެހުމުގައި އަމަލީ ގޮތުން ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު