ރާއްޖޭގެ ފަސް ރަށެއްގައި ވާޓިކަލް ފާމިން ކުރިއަށް ގެންދަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.
ދަނޑުވެރިކަމާ ބެހޭ ވަޒީރު، ޑރ. އައިޝަތު ރަމީލާ ވިދާޅުވި ގޮތުގައި ވާޓިކަލް ފާމިން ކުރިއަށް ގެންދަން ނިންމި ފަސް ރަށަކީ ނ. ކެނދިކުޅުދު އާއި ޅ. ނައިފަރާއި ރ. ހުޅުދުއްފާރާއި އއ. މަތިވެރީގެ އިތުރުން ތ. ކިނބިދު އެވެ.
ވަޒީރު ވިދާޅުވީ ވާޓިކަލް ފާމިންގެ ސްޓްރަކްޗާތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މިސްޓްރަކްޗާތަކުގެ މަސައްކަތް ނިމިގެން ޢަމަލީ ގޮތުން ރަށްރަށުގައި މަސައްކަތް ފެށޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ގެންނަ ސްޓްރަކްޗާތައް ގެނައުމަށް ފަހު ރަށްރަށުގެ ރައްޔިތުންނަށް ވާޓިކަލް ފާމިންގެ ތަމްރީންތައް ދޭން ފެށުމަށް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަނާ ވިދާޅުވީ މި ސިސްޓަމްތައް ބޭނުންކޮށްގެން ގަސް ހެއްދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސަރުކާރުން ފަށާފައިވާ ވާޓިކަލް ފާމިން މަޝްރޫއަކީ ޔޫއެންޑިޕީގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ވާޓިކަލް ފާމިން އެންމެ ފުރަތަމަ ކުރިއަށް ގެންދާ ފަސް ރަށުގެ ތަޖުރިބާގެ އަލީގައި އެކަން ރާއްޖޭގެ އިތުރު ރަށްތަކަށް ފުޅާކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު