އާ ވެންޑަރަކާއެކު ނެޝަނަލް ޑިޖިޓަލް އައިޑެންޓިޓީ (އީފާސް) އިން އޮންލައިން ވެރިފިކޭޝަންގެ ހިދުމަތްތައް އަލުން ފަށައިފިއެވެ.
ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާއިން ތަރައްގީކޮށް ބަލަހައްޓަމުންދާ އީފާސް ނިޒާމުގައި ބޭނުން ކުރަމުންދާ އޮންލައިން މޫނު ދެނެގަތުމުގެ (ފޭސް ވެރިފިކޭޝަން) ހިދުމަތްތައް އާ ކުންފުންޏަކާ ހަވާލުކޮށް އަލުން ފަށާފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނެފައިވަނީ މީގެ ކުރިން ފޭސް ވެރިފިކޭޝަންގެ ހިދުމަތް ދިނުމަށް ހަވާލު ކޮށްފައިވަނީ "ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޓް ލިމިޓެޑް" (ސަމްސަބް) އާކަމަށެވެ. ރަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުންފުނިން މި ހިދުމަތް ވަކިކޮށް އާ ކުންފުންޏަކާ ހަވާލު ކުރެވިފައިވަނީ މި ކުންފުންޏާ އިސްރާއީލާ ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮންނަކަމަށް ވާހަކަ ދެކެވޭތީ އާއި މި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވޭނެ ގޮތެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
މިހާރު މި މަސައްކަތް ކުރަމުންދަނީ ލެޓްވިއާގައި ރަޖިސްޓަރީކޮށްފައިވާ ރެގިއުލޭޓު ފޮރެންސިކް ކުންފުނީގެ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކަމަށް އެން.ސީ.އައި.ޓީން ވަނީ ބުނެފައެވެ. އެ ކުންފުންނަކީ 39 އަހަރުގެ ތަޖުރިބާއާއެކު ސެކިއުރިޓީގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ގާބިލު ކުންފުންޏެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެ ކުންފުނީގެ އެޕްލިކޭޝަން ބޭނުން ކުރިނަމަވެސް މި ހިދުމަތް ހިނގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެނޫންވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާ ނުލައި އެން.ސީ.އައި.ޓީގެ އެތެރޭގައި ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
އީފާސް ވެރިފިކޭޝަނަށް ގެނައި މި ބަދަލާ ގުޅިގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެފައިވަނީ އެ އިދާރާގެ އަމާޒަކީ އީފާސްގެ ނިޒާމު ދުވަހުން ދުވަހަށް ހަރުދަނާކޮށް، މި ނިޒާމަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ނިޒާމަކަށް ހެދުން ކަމަށެވެ.
އަދި މި ނިޒާމަކީ ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ނިޒާމެއް ކަމަށް ހެދުމަކީވެސް އެ އިދާރާގެ އަމާޒެއް ކަމަށް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އިތުރަށް ވާހަކަ ދައްކަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ މި އަމާޒު ހާސިލްކުރުމުގައި އަބަދުވެސް ރައްޔިތުންގެ އަޑު އަހައި، އިހުސާސްތައް ދެނެގަނެ ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމަށެވެ.
މިހާރު ފޭސް ވެރިފިކޭޝަންގެ ހިދުމަތް ލިބޭނީ އީފާސް ވެބް މެދުވެރިކޮށްގެން ކަމަށާއި، އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒަރތަކުން އީފާހަށް ލޮގިންވެ މި ހިދުމަތް ލިބޭނެ ކަމަށްވެސް އެން.ސީ.އައި.ޓީ ވަނީ ބުނެފައެވެ. މި ހިދުމަތް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދައުލަތުން ފޯރުކޮށްދެ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ހިދުމަތް ދެވެނީ ހިދުމަތަށް އެދޭ އަސްލު ފަރާތްކަން ކަށަވަރު ކުރުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި މީގެ ބޭނުމަކީ އެހެން މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައިގެން މުއާމަލާތް ކުރުމުގެ ފުރުސަތު ހަނިކުރުން ކަންވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
އީފާހަށް އޮންލައިން ވެރިފިކޭޝަން ތައާރަފް ވެފައިވަނީ 2023 ގައެވެ. އޮންލައިން ވެރިފިކޭޝަން ތައާރަފް ކުރުމުގެ ކުރިން އީފާހުގެ ވެރިފަރާތް ކަށަވަރު ކުރަމުން އައީ އެކަމަށް ހާއްސަ ކުރެވިފައިވާ މަރުކަޒުތަކަށް އެފަރާތްތަކުން ހާޒިރުކޮށްގެން ނުވަތަ ވީޑިއޯ ކޯލް ކޮށްގެން ބެލުމަށްފަހު އެ މައުލޫމާތު މެނުއަލްކޮށް އަޕްޑޭޓު ކޮށްގެން ކަމަށް އެން.ސީ.އައި.ޓީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު