އަލްބީސް ކެފޭގެ ލޯގޯ
އަލްބީސް ކެފޭގެ ލޯގޯ
އައްޑޫ ސިޓީ، މަރަދޫގައި "އަލްބީސް" ނަމުގައި ތަފާތު އެކިކަހަލަ ބުއިންތަކާއި ސްނެކްސް އަދި ދިވެހިހެދިކާވެސް ލިބެން ހުންނަ ކެފޭއެއް ހުޅުވަން ތައްޔާރު ވެއްޖެއެވެ.



ތުއްތު ކުދީންނާއި ފުރާވަރުގެ ކުދީން އަދި ޒުވާނުންނަށްވެސް އަމާޒުކޮށް މިއަދު ހަވީރު ހުޅުވާ މި ކެފޭގައި ރާއްޖޭގެ މަގުބޫލު ރަހަތަކުގެ އިތުރުން، އިންޑިއާ އަދި ތައިލެންޑުން ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ ބުއިންތަކާއި ކާތަކެތި ލިބެން ހުންނާނެއެވެ.





ޓޭކްއަވޭ އަދި ތަނުގައިވެސް ހިދުމަތްދެވޭ ގޮތަށް ތައްޔާރުކޮށްފައި ހުރި އަލްބީސް އިން މައުލޫމާތު ދޭ ގޮތުގައި އެތަނުން ލިބެން ހުންނާނެ ބައެއް ބުއިންތަކުގެ ތެރޭގައި ތަފާތު އެކި ވައްތަރުގެ ޖޫގޯ އާއި، އެކި ވައްތަރުގެ ބޯބާ ޓީގެ އިތުރުން ކާޑަމަންޓީ، ބޮމްބޭ ޓީ އަދި ކޮފީ އާއި ސައި ހިމެނެއެވެ.

މިތަނުގައި ދިވެހިންގެ މަޤުބޫލް ދިވެހި ހެދިކާގެ ބާވަތްތަކާއި، ތަފާތު ވައްތަރުގެ ކޭކާއި އަދި ޕޭސްޓްރީ އުފެއްދުންތައްލިބެން ހުންނަ އިރު ތަފާތު މޯމޯސް އާއި ޕާނީ ޕޫރީވެސް މިތަނުން ލިބެން ހުންނާނެއެވެ.

މިއަދު ހަވީރު 04:00 ޖަހާއިރު ހުޅުވަން ހަމަޖެހިފައިވާ މި ކެފޭ ހުންނާނީ މަރަދޫ ބޮޑުމަގުގައި ހުންނަ ޒިކުރާގެއާއި ޖެހިގެންނެވެ.



އަލްބީސް ކެފޭ ގްރޭންޑް އޮޕެނިން އަށްފަހު، ކޮންމެ ދުވަހަކުވެސް ހޮނިހިރު ދުވަހުން ފެށިގެން ބްރާސްފަތި ދުވަހު ހެނދުނު 11:00 އިން ރޭގަނޑު 12:00 އަށް އަދި ހުކުރު ދުވަހު މެންދުރޒފަސް 14:00 އިން ރޭގަނޑު 12:00 އަށް ހިދުމަތް ދޭނެ ކަމަށް ރަސް އަށް މައުލޫމާތު ދެމުން ކެފޭގެ ވެރިޔާ ފާތިމަތު އަމާން ބުނެއެވެ.

ޖޫގޯ، އަދި ބޯބާ ފަދަ ބުއިންތައް އަދި ޕާނީ ޕޫރީ ފަދަ ތަކެއްޗަކީ މިހާރު ދިވެހިންގެ މެދުގައި ވަރަށްވެސް މަގުބޫލުވަމުން އަންނަ ބާވަތްތަކެވެ. އެހެންކުން މިބާވާތްތަކުގައި ހުރި ތަފާތު ރަހަތަށް އިންސާފުކޮށްލަން މީރަނގަޅު ފުރުޞަތެކެވެ.



އަލްބީސް އިންދޭ ޔަޤީން ކަމަކީ ތަންވެސް ތަފާތުވެފައި ރަހަވެސް ތަފާތުވާނެ ކަމަށެވެ. އައްޑޫގައި ތިބޭ ކުދިން މިތަނަށް ކޮންމެހެން ދާންވާނެއެވެ. އަދި ރާއްޖޭގެ އެހެން ރަށްރަށުންވެސް ތަކުންވެސް އައްޑޫއަށް ޒިޔާރަށްކޮށް އަލްބީސްގެ ރަހަތަށް ޓެސްޓްކޮށްލަންވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން