ހަމުގެ މައްސަލަތަކުން ދުރުވާން ބޭނުންނަމަ ރޭގަނޑު މޫނު ދޮންނަން ޖެހޭ- ގޫގުލް އިމޭޖެސް
ހަމުގެ މައްސަލަތަކުން ދުރުވާން ބޭނުންނަމަ ރޭގަނޑު މޫނު ދޮންނަން ޖެހޭ- ގޫގުލް އިމޭޖެސް
ހަންގަނޑު ރީތިކޮށް ސޮްފްޓްކޮށް ބެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ. މިކަމަށްޓަކައި އެކިކަހަލަ ސްކިން ކެއާ ޕްތޮޑަކްޓުތައް ބޭނުން ކުރާ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. ނަމަވެސް ސްކިން ކެއާގެ ގޮތުގައި ރޭގަނޑު ކުރާ ބައެއް ކަންތަކުގެ ސަބަބުންވެސް ހަންގަނޑު ޑްރައިވާގޮތްވެ، ކުރަކިވެއެވެ.

އެހެންކަމުން ތިރީގައި މި ހިމަނާލަނީ ހަންގަނޑު ރީތިކުރަން ބޭނުންވާނަމަ ރޭގަނޑު ސަމާލުވާން ޖެހޭ ކަންކަމެވެ.

ވިޓަމިން ސީ ބޭނުން ނުކުރުން

ހަންގަނޑު ރީތިކުރަން ބޭނުންވާނަމަ ރޭގަނޑުގެ ސްކިން ކެއާ ރޫޓީން އިން ވިޓަމިން ސީ އުނިކޮށްލުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ވިޓަމިން ސީ އަކީ އެންޓި-އޮކްސިޑެންޓެއް ކަމުން ރޭގަނޑު މި ބޭނުން ކުރުމުން ހަންގަނޑު ކުރަކިވެއެވެ. އޭގެ ބަދަލުގައި މި ބޭނުން ކުރުން އެންމެ ރަނގަޅީ ދުވާލު ގަޑީގައެވެ. ދުވާލު ވިޓަމިން ސީ ބޭނުން ކުރުމުން ފްރީ ރެޑިކަލްތަކުން ހަންގަނޑު ސަލާމަތްކޮށްދީ، އިރުގެ ދޯދިތަކުންވެސް މީހާ ސަލާމަތްކޮށްދެއެވެ. ވީމާ ހަންގަނޑު ރީތި ކުރަން ބޭނުންވާނަމަ ވިޓަމިން ސީ ރޭގަނޑު ބޭނުން ކުރުމުގެ ބަދަލުގައި ދުވާލު ބޭނުން ކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ.

ނިދުމުގެ ކުރިން މޫނު ދޮވުން

ބައެއް މީހުންނަކީ ރޭގަނޑު ބޭރުގައި އުޅެފައި އައިސް މޫނު ދޮވުމުގެ ބަދަލުގައި ޓިޝޫ އަކުން ނުވަތަ މޭކްއަޕް ކްލެންޒަރަކުން މޫނު ސާފު ކޮށްފައި ދޫކޮށްލާ މީހުންނެވެ. ނަމަވެސް މިހެން ހެދުމުން މޫނުގައި ބިހި ނަގާވަރު އިތުރުވެ، ހަންގަނޑުވެސް ހަލާކުވެއެވެ. ވީމާ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން މޫނުގައި ހުންނަ ޖަރާސީމާއި ނަޖިސް ރަނގަޅަށް ފިލުވުމަށް މޫނު ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ކޮންމެ މީހެއްގެވެސް ސްކިން ކެއާ ރޫޓީން ގައި އެކުލަވާލަން ޖެހޭ ސްޓެޕެކެވެ.

މޮއިސްޗަރައިޒު ކުރުން

މިއީ ރޭގަނޑުގެ ސްކިން ކެއާ ރޫޓީން އިން ވަރަށް ގިނަ މީހުން އުނިކޮށްލާ ކަމެކެވެ. އެކިކަހަލަ ސިރަމްތައް ބޭނުން ކުރުމަށްފަހު ހަންގަނޑު މޮއިސްޗަރައިޒު ނުކޮށް ދޫކޮށްލާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. މިހެން ހެދުމުން ހަންގަނޑު މާ ބޮޑަށް ޑީހައިޑްރޭޓުވެ ހެނދުނު ހޭލާއިރު ހަންގަނޑު ހިކި ކުރަކިވެފައި ހުންނަ ތަން ފެނެއެވެ. ވީމާ ހަންގަނޑު ރީތިކުރަން ބޭނުންވާނަމަ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން މޮއިސްޗަރައިޒު ކުރުމަށް ސަމާލުވާންް ޖެހެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން