ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކޮނަޓް ހިސްފިޑް ބީޓްލް ނަމަކަށް ކިޔާ ރުކުމަޑި ކޮންޓްރޯލް ކުރުމަށް ޗައިނާގެ އެހީއާއެކު ލެބޯޓަރީއެއް ގާއިމުކުރުމަށް ދިރާސާ މަސައްކަތްތައް ފަށައިފިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ މި މަސައްކަތަކީ ރައީސް ޑރ. މުޢިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުން ކަމަށެވެ.
އެގޮތުން ޗައިނާގެ މައި ސަރުކާރުން މިހާރުވަނީ މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ޚާއްޞަ ލެބޯޓްރީއެއް ޤާއިމްކޮށްދީ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދިނުމަށް ޚާއްޞަ މަޝްރޫޢެއް ހިންގުމަށް ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) އާއި ޙަވާލުކޮށްފައި ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު ޗައިނާގެ ކަޓާސް އިންސްޓިޓިއުޓްގެ 4 ޕްރޮފެސަރުން މިމަހުގެ 11 ވަނަ ދުވަހު ދިވެހިރާއްޖެއަށް ވަޑައިގެންފައިވާ ކަމަށާއި އެޓީމުން ދިވެހިރާއްޖޭގައި ރުކުމަޑި ކޮންޓްރޯލް ކުރުމަށް ލެބޯޓަރީއެއް ޤާއިމުކުރުމަށްޓަކައި ހަދަންޖެހޭ އެންމެ ފަހުގެ ދިރާސާތައް ކުރާނެ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.
އަދިހަމައެހެންމެ ލެބޯޓްރީ ހަދަން ކަނޑައަޅާ ސަރަޙައްދު ބަލައި އެތަނުގައި ލެބޯޓްރީ ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް މަސައްކަތް ފެށޭނެ މަގު ތަނަވަސްކުރުމަށް ވާންޖެހޭ ތައްޔާރީތައް ވާނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
“ހަނިމާދޫއަކީ ހިސްޕިޑް ބީޓްލްގެ މައްސަލަ އުޅޭ ރަށަކަށްވެފައި ސެންޓަރުން ލިބެންހުރި ބައެއް އިމާރާތްތަކަކީ ލެބޯޓްރީއެއް ހެދުމަށް ބޭނުންކުރެވިދާނެ އިމާރާތްތަކެއް ކަމަށް ފެންނާތީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަކީ މިވަގުތު އެންމެ އަވަހަށް މިފަދަ ލެބޯޓަރީއެއް ޤާއިމުކޮށް މަސައްކަތް ފެށުމަށް އެންމެ އެކަށީގެންވާ ތަން ކަމުގައި އެޓީމުން ވަނީ ފާހަގަކޮށްފައެވެ. ކަޓާސްގެ ފަންނީ މާހިރުންގެ ޓީމު މިވަގުތު ޙަރަކާތްތެރިވަމުންދަނީ ހަނިމާދޫގައެވެ.” ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އޭގެއިތުރުން އެޓީމުން މިއަދު ބަޔޮލޮޖިކަލް ކޮންޓްރޯލް މެނޭޖްމަންޓް ޕްރޮޓޮކޯލްތަކާއި އިންސެކްޓް-ޕެސްޓް އިންޓަރެކްޝަންތަކާބެހޭ މުހިންމު ފަންނީ މަޢުލޫމާތުތަކެއް މިނިސްޓްރީގެ ފަންނީ މުވައްޒަފުންނާއި ޙިއްޞާކޮށްފައި ކަމަށާއި އަދި ހއ. މާފައްސަށް ޒިޔާރަތްކޮށް އެރަށުގައި ކުރިއަށްދާ ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބަލައި މައުލޫމާތު ބަދަލު ކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.

During their visit to the Hanimaadhoo Agriculture Center, the team from the Chinese Academy of Tropical Agricultural Sciences (CATAS) engaged in insightful discussions, exchanging valuable technical knowledge on biological control management protocols and insect-pest… pic.twitter.com/TqegFAINuO
— Ministry of Agriculture and Animal Welfare (@MAAWmv) December 14, 2024
އަދިހަމައެހެންމެ ލެބޯޓްރީ ހަދަން ކަނޑައަޅާ ސަރަޙައްދު ބަލައި އެތަނުގައި ލެބޯޓްރީ ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް މަސައްކަތް ފެށޭނެ މަގު ތަނަވަސްކުރުމަށް ވާންޖެހޭ ތައްޔާރީތައް ވާނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
“ހަނިމާދޫއަކީ ހިސްޕިޑް ބީޓްލްގެ މައްސަލަ އުޅޭ ރަށަކަށްވެފައި ސެންޓަރުން ލިބެންހުރި ބައެއް އިމާރާތްތަކަކީ ލެބޯޓްރީއެއް ހެދުމަށް ބޭނުންކުރެވިދާނެ އިމާރާތްތަކެއް ކަމަށް ފެންނާތީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަކީ މިވަގުތު އެންމެ އަވަހަށް މިފަދަ ލެބޯޓަރީއެއް ޤާއިމުކޮށް މަސައްކަތް ފެށުމަށް އެންމެ އެކަށީގެންވާ ތަން ކަމުގައި އެޓީމުން ވަނީ ފާހަގަކޮށްފައެވެ. ކަޓާސްގެ ފަންނީ މާހިރުންގެ ޓީމު މިވަގުތު ޙަރަކާތްތެރިވަމުންދަނީ ހަނިމާދޫގައެވެ.” ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އޭގެއިތުރުން އެޓީމުން މިއަދު ބަޔޮލޮޖިކަލް ކޮންޓްރޯލް މެނޭޖްމަންޓް ޕްރޮޓޮކޯލްތަކާއި އިންސެކްޓް-ޕެސްޓް އިންޓަރެކްޝަންތަކާބެހޭ މުހިންމު ފަންނީ މަޢުލޫމާތުތަކެއް މިނިސްޓްރީގެ ފަންނީ މުވައްޒަފުންނާއި ޙިއްޞާކޮށްފައި ކަމަށާއި އަދި ހއ. މާފައްސަށް ޒިޔާރަތްކޮށް އެރަށުގައި ކުރިއަށްދާ ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބަލައި މައުލޫމާތު ބަދަލު ކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު