އަތުގައި ހުންނަ ހަމަކީ ވަރަށްވެސް ނާޒުކު އެއްޗެކެވެ. ރަނގަޅަށް ހަންގަނޑަށް ބަލައިގެން ނޫޅޭނަމަ އަތުގެ ހަންގަނޑު ބޯވެ، ކުރަކިވާގޮތް ވެއެވެ. މިގޮތަށް ހަންގަނޑު ކުރަކި ވާނަމަ އެކަން ގޭގައި ތިބެވެސް ހައްލު ކުރެވިދާނެއެވެ. މިފަހަރު މި ހިމަނާލަނީ އަތުގެ ހަންގަނޑު މަޑުކޮށް ރީތި ކުރަން ގޭގައި ތައްޔާރު ކޮށްލެވޭނެ ބައެއް ސްކްރަބުތަކެވެ.
ހަކުރު އަދި ޒައިތޫނި ތެޔޮ ސްކްރަބު
މި ސްކްރަބު ތައްޔާރު ކުރުމަށް ބޭނުންވާނީ 2 މޭޒުމަތީ ސަމުސާ ހަކުރާއި، 1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެލެވެ. މި ސްކްރަބު ތައްޔާރު ކުރުމަށްޓަކައި ހަކުރާއި ޒައިތޫނި ތެޔޮ ރަނގަޅަށް އެއްކޮށްލާނީއެވެ. އަދި އޭގެ ތެރެއަށް ވަސްމީރު ކޮށްލަން އެސެންޝިއަލް އޮއިލް އަޅަން ބޭނުމިއްޔާ އެމީހަކު ބޭނުންވާ ކަހަލަ އެސެންޝިއަލް އޮއިލް އެއް އަޅާނީއެވެ.
މި ތައްޔާރު ކުރުމަށްފަހު އަތުގެ ހަންގަނޑުގައި ސްކްރަބު އުނގުޅާލުމަށްފަހު 5 މިނެޓު ވަންދެން މަޑުމަޑުން މަސާޖު ކުރާނީއެވެ. އެއަށްފަހު އަތް ދޮވެލާފައި މޮއިސްޗަރައިޒު ކޮށްލާނީއެވެ. މި ބޭނުން ކުރުމުން އަތުގައި ހުންނަ ބޯ ހަންތައް ފިލާނެއެވެ. އަދި ހަންގަނޑު އޮމާންވެސް ވާނެއެވެ.
ކޮފީ އަދި ކާށިތެޔޮ ސްކްރަބު
މި ސްކްރަބު ތައްޔާރު ކުރުމަށް ބޭނުންވާނީ 2 މޭޒުމަތީ ސަމުސާ ކޮފީ އާއި 1 މޭޒުމަގީ ސަމުސާ ކާށި ތެލެވެ. ސްކްރަބު ތައްޔާރު ކުރުމަށް ކޮފީ އާއި ކާށި ތެޔޮ ރަނގަޅަށް އެއްކޮށްލާނީއެވެ. އަދި އިތުރަށް އެކްސްފޮލިއޭޓު ކުރަން ބޭނުންވާނަމަ މީގެ ތެރެއަށް ބްރައުން ޝުގާ ސަމުސަލެއްވެސް އަޅާފައި އެއްކޮށްލާށެވެ.
ސްކްރަބު ތައްޔާރު ކުރުމަށްފަހު އެ ބޭނުން ކޮށްގެން އަތުގެ ހަންގަނޑު ރަނގަޅަށް މަސާޖު ކޮށްލާށެވެ. އަދި އެއަށް ފަހު ރަނގަޅަށް ދޮވެލުމަށްފަހު ހަންގަނޑު ރަނގަަޅަށް މޮއިސްޗަރައިޒު ކޮށްލާށެވެ. މިހެން ހެދުމުން އަތުގެ ހަންގަނޑު މަޑުވެ، ރީތިވާނެއެވެ.
މަތީގައި ހިމަނާފައިވާ ދެ ސްކްރަބަކީ ވެސް ގޭގައި ފަސޭހަކަމާއެކު ތައްޔާރު ކޮށްލެވޭނެ ސްކްރަބުތަކެވެ. ވީމާ އަތުގެ ހަންގަނޑު ބޯވާތީ އުނދަގޫވާނަމަ މި ޓްރައި ކޮށްލަން ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު