މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ގިނަ އަތޮޅުތަކަށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. މި ސަމާލުގައި އެ އިދާރާއިން ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަަމަށެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް ރޭވެސް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. މިގޮތުން ރޭ އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ކ. ދިއްފުއްޓަށެވެ. އެރަށް 101.5 މިލިމީޓަރުގެ ވާރޭ ވެހުނު އިރު ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ އއ. ތޮއްޑޫއަށެވެ. އެގޮތުން އެރަށަށް 98.8 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މެޓުން މިއަދުގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަަށް ބަލާއިރު، އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެ ކަަމަށާއި ގުގުރުން އެކަށީގެންވެއެވެ. އަދި އެހެން ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން