ނ. ހެނބަދުއަށް އިއްޔެ ކުރި ވިއްސާރައިގައި 75 ގެއަކަށް ފެންވަދެ ލިބުނު ގެއްލުމުގެ އަގު ހަލައްކަ ރުފިޔާއަށް ވުރެން ބޮޑުވާނެ ކަމަށް ރަށު ކައުންސިލުން ހާމަކޮށްފިއެވެ.
އިއްޔެ ކުރި ވިއްސާރައިގައި ހަލައްކަ ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ރަށު ކައުންސިލުން ހާމަކޮށްފައިވާއިރު ނެޝަނަލް ޑިޒާސް މެނޭޖްމަންޓް އޮތޯރިޓީން އިއްޔެ ބުނެފައިވަނީ އިއްޔެ ހެނދުނު ނ. ހެނބަދޫއަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 75 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ވިއްސާރައިގައި ގޭބިސީތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ރަށު ކައުންސިލުން ބުނެފައިވަނީ ފެން ވަދެފައިވާ ގެތަކުގެ ތެރެއިން 26 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާތީ ގެއްލުމުގެ އެސެސްމަންޓެއް ހަދަމުންދާ ކަމަށެވެ.
“ހަމަ ވަރަށް ބޮޑެތި މެޝިނަރީތައް ހުރީ ހަމަ ފެނުއަޑީގައި. ވަރަށް ގިނަ ގޭގެ އެހުރީ އަގުބޮޑެތި ފަރުނީޗަރުތައް ހަލާކުވެފަ. އެހެންވެއްޖިއްޔާ އުޅޭނެ ހަލައްކަ ނޫނީ ހަތްލައްކަ ވަރު ގެއްލުން ވެފައި.” ހެނބަދޫ ކައުންސިލްގެ ރައީސް އާއި ޙަވާލާދީ މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މި ވިއްސާރައިގައި ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން އިއްޔެ ވަނީ ހާމަކޮށްފައެވެ.
އެގޮތުން ޅ.ކުރެންދޫ، ނ.ހެނބަދޫ އަދި ކެނދިކުޅުދޫ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެއިދާރާއިން ހާމަކޮށްފައިވެއެވެ.
މި ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ބުނެފައިވަނީ މާދަމާއިން ފެށިގެން ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު