ޝާން މުހައްމަދު   20 ޑިސެމްބަރު 2024 - 10:30
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއީން ހުދު ސަމާލު ނެރެފައި ވަނީ މާޅޮސްމަޑުލު ދެކުނުބުރިން ފެށިގެން އައްޑޫ ސިޓީއަށެވެ.

މެޓުން ނެރުނު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން ބުނީ، މިއަދު ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ އުތުުރުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ ކަަމަށް ލަފާ ކޮށްފައެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން