އޯޓްސް އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް ފައިބާ އާއި ނިއުޓްރިއެންޓުތައް ހިމެނޭ އެއްޗެއް ކަމުން މި ކެއުމުން ތަފާތު އެކި ސިއްހީ މައްސަލަތަކުން މީހާ ދުރުވެ ބަރުދަންވެސް ކޮންޓްރޯކު ކުރެވެއެވެ. މިއީ ވަރަށް ގިނަ ވައްތަރަށް ތައްޔާރު ކުރެވޭނެ އެއްޗެކެވެ.
ތިރީގައި މި ހިމަނާލަނީ ހެނދުނުގެ ސަޔަށް ތައްޔާރު ކުރަންވިދާނެ ބައެއް އޯޓްސް ރެސިޕީތަކެވެ.
ޗީޒީ މަޝްރޫމް އޯޓްމީލް
މި ރެސިޕީ ތައްޔާރު ކުރުމަށް ބޭނުންވާނީ އޯޓްސް އާއި ޗީޒް އަދި މަޝްރޫމް އެވެ. މި ތައްޔާރު ކުރުމަށްޓަކައި އޯޓްސް ލޮނުކޮށް ކައްކާލުމަށްފަހު އޭގެ ތެރެއަށް ރަތް ކޮށްފައި ހުރި މަޝްރޫމް އަޅާނީއެވެ. އަދި އެއަށްފަހު އޭގެ މައްޗަށް ޗީޒް އަޅާފައި އެ ޗީޒް ވިރެން ދެން ބަހައްޓާނީއެވެ. މިއީ ގިނަ އަދަދަކަށް ޕްރޮޓީން އާއި ފައިބާ އެކުލެވޭ އެއްޗެއް ކަމުން މި ކެއުމުން ގިނައިރު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭނެއެވެ.
އެވޮކާޑޯ އެންޑު ޓޮމާޓޯ އޯޓްމީލް
މި ތައްޔާރު ކުރުމަށް ބޭނުންވާނީ އެވޮކާޑޯ އާއި ޓޮމާތޯ އަދި އޯޓްސް އެވެ. މި ތައްޔާރު ކުރުމަށްޓަކައި އޯޓްސް ލޮނުކޮށް ކައްކާލުމަށްފަހު އޭގެ ތެރެއަށް އެވޮކާޑޯ އާއި ޓޮމާޓޯ އަޅާފައި އެއްކޮށްލާނީއެވެ. އަދި އިތުރަށް ރަހަ މީރުކޮށްލަން ބޭނުންވާނަމަ އޭގެ މައްޗަށް ގާނާފައި ހުރި ލޮނުމެދު ކޮޅަކާއި ސްޕްރިން ލީފް ކޮޅެއް އަޅާލާނީއެވެ. މިއީ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ އެއްޗެއް ކަމުން މި ކެއުމުން ހަމަޖުގެ މައްސަލަތަކުން މީހާ ދުރުވެއެވެ.
ދުަޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ހެނދުނުގެ ނާސްތާއަށް މިފަދަ ނިއުޓްރިއެންޓުތައް ހިމެނޭ އެއްޗެހި ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހެނދުނުގެ ނާސްތާއަށް އޯޓްސް ކާނަމަ ލޭގައި ހަކުރު ހުންނަ ވަރު ކޮންޓްރޯލު ކުރެވި، މީހާ ހިތުގެ މައްސަލަތަކުންވެސް ދުރުވެއެވެ. ވިމާ ނާސްތާއަށް މިކަހަލަ އޯޓްސް ރެސިޕީތައް ތައްޔާރު ކޮށްގެން ކެވޭތޯ އެންމެންވެސް ބަލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު