ބަނޑުގައި ވައި އުފެދި "ބުލޯޓު" ވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އެންމެ ބޮޑަށް މެދުވެރިވަނީ ހަށިގަނޑަށް ގެއްލުންހުރި ކާނާގެ ބާވަތްތައް ބޭނުން ކުރާތީއެވެ. ވީމާ މިކަން ހައްލު ކުރަން ބޭނުންވާނަމަ ފައިދާހުރި އެއްޗެހި ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިރީގައި މި ހިމަނާލަނީ މި މައްސަލަ ދިމާވާނަމަ ކާންވީ ބައެއް ބާވަތްތަކެވެ.
ކިއުކަމްބާ
ހަށިގަނޑުގައި ވައި އުފެދި "ބުލޯޓު" ވުމަށް މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ މީހާގެ ހަށިގަނޑު ޑީހައިޑްރޭޓު ވުމެވެ. ކިއުކަމްބާ އަކީ އޭގައި 95 އިންސައްތަ ފެން ހިމެނޭ އެއްޗެކެވެ. އެހެންކަމުން މި ކެއުމުން ހަށިގަނޑު ވަރަށް ރަނގަޅަށް ހައިޑްރޭޓު ވެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑު ބުލޯޓު ވުމުންވެސް ދުރުވެއެވެ.
ޔޯގަޓު
ޔޯގަޓަކީ އޭގައި ގިނަ އަދަދަކަށް ހަށިގަނޑަށް ފައިދާހުރި ޖަރާސީމު ނުވަތަ "ޕްރޯބައޮޓިކު" ހިމެނޭ އެއްޗެކެވެ. މި ޖަތާސީމުތަކަކީ ހަޖަމުގެ ނިޒާމުގެ މަސައްކަތްތައް ރަނގަޅު ކުރުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން "ބުލޯޓު" ވާނަމަ އެކަން ހައްލު ކުރުމަށް ޔޯގަޓް ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ.
އިނގުރު
އިނގުރަކީވެސް ހަޖަމުގެ މައްސަލަތައް ހައްލު ކުރުމުގައި އެހީވެދޭ އެއްޗެކެވެ. އިނގުރު ބޭނުން ކުރާނަމަ ކާއެއްޗެހި ފަސޭހަކަމާއެކު ހަމަޖުވެ، ބަނޑު ހުސްވުން އަވަސް ވެއެވެ. އަދި އޭގެ ސަބަބުން ބަނޑުގައި ވައި ހެދުން ހުއްޓި ބަނޑު ހިނދެއެވެ.
މަސްދަރު: ހެލްތުލައިނު

ކިޔުންތެރިންގެ ހިޔާލު