އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރޭނަށް 2.5 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖު ދޭން އިއުލާން ކުރައްވައިފިއެވެ

ޖެނުއަރީ މަހު އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޔުކްރެއިން އަށް އެހީ ދިނުމަށް ބައިޑެން އަވަސްވެވަޑައިގަންނަވާއިރު މީގެ ކުރިންވެސް ބައިޑެންގެ ސަރުކާރުން ވަނީ އެގައުމަށް 65 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދީފައެވެ.

އެމެރިކާއިން ވަނީ ޔޫކްރެއިން އަށް އެހީވުމަށް ހާއްސަ ޖަމިއްޔާއެއްވެސް އުފައްދާފައެވެ. ޔޫކްރޭން ސެކިއުރިޓީ އެސިސްޓެންސް އިނިޝިއޭޓިވް (ޔޫއެސްއޭއައި) ގެ ނަމުގައި ހަދާފައިވާ މި ޖަމިއްޔާ މެދުވެރިކޮށްވެސް ގިނަ އެހީތައް ފޮނުވަމުންދާކަން ފާހަގަ ކުރެވެއެވެ.

އަސްކަރީ އެހީގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ޓްރެޝަރީ ޖެނެޓް ޔެލެން ވަނީ ޔޫކްރޭންގެ ސަރުކާރަށް އެހީތެރިވެދީ އުމްރާނީތަރައްގީއަށް އެހީތެރިވުމަށް 3.4 ބިލިއަން ޑޮލަރުގެ އެހީތެރިކަން ދެއްވާނެ ކަމަށް ހޯމަ ދުވަހު ވިދާޅުވެފައެވެ.

“އަޅުގަނޑުގެ އިރުޝާދުގެ މަތިން، އަޅުގަނޑުގެ ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައި މި ހަނގުރާމައިގައި ޔޫކްރޭންގެ މަގާމު ވަރުގަދަކުރުމަށް އެމެރިކާއިން ކެތްތެރިކަމެއް ނެތި މަސައްކަތް ކުރަމުން ގެންދާނަން.”ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރޭނާއި ރަޝިޔާއާ ދެމެދު ދަނީ ހަނގުރާމަ ކުރަމުންނެވެ. އަދި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދާއިރު އެމެރިކާއިން ދަނީ މި ހަނގުރާމަ ފެށުނީއްސުރެން ޔުކްރެއިނަށް އެހީތެރިވަމުންކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން