ލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދި ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ބުނީ ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން އާ އަހަރު ބަންދު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން މި ކޮޅިގަނޑު އުފެދިފައިވަނީ ސްރީލަންކާގެ އިރުދެކުނުގައި ކަމަށާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން، ޖަނަވަރީ ފުރަތަމަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ވަޔާއި ކަނޑުގަދަވެ ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
“ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށް ބެލެވޭ، އެހެންކަމުން ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ނިމުތުކުރެވޭ.” މެޓުން ބުނެފައިވެއެވެ.
އެހެންކަމުން ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު