މަރްޔަމް ނަހްދާ ވަޙީދު   2 ޖެނުއަރީ 2025 - 3:47
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފައިދާޙުރި ކާނާ ކާންޖެހޭ- ގޫގުލް އިމޭޖެސް
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފައިދާޙުރި ކާނާ ކާންޖެހޭ- ގޫގުލް އިމޭޖެސް
އާ އަހަރެއް ފެށިގެންދާއިރު ކޮންމެ މީހެއްގެވެސް ތަފާތު އެކިކަހަކަ އުންމީދުތައް ހުންނާނެއެވެ. އެގޮތުން ބަލާއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. މިކަން އެންމެ ފަސޭހަކަމާއެކު ހާސިލް ކުރެވޭނީ ކެއުމުގެ އުސޫލުތަކަށް ބަދަލު ގެނެސްގެންނެވެ. ތިރީގައި މި ހިމަނާލަނީ މިއަހަރު ކެއުމުގެ އުސޫލުތަކަށް ގެންނަން ވީ ބައެއް ބަދަލުތަކެވެ.

ފައިދާގުރި ނާސްތާއެއް ނެގުން

ދުޅަހެޔޮ ސިއްހަތެއްގެ ވެރިއަކަށް ވާން ބޭނުންވަނީނަމަ ހަށިގަނޑަށް ފައިދާހުރި ކާއެއްޗެހި ހިމެނޭހެން ހެނދުނުގެ ނާސްތާ ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހެނދުނުގެ ނާސްތާގައި ޕްރޮޓީން އާއި، ފައިދާހުރި ފެޓްގެ އިތުރުން، ގޮދަނުގެ ބާވަތްތައް ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. މި އެއްޗެހި ހިމަނާނަމަ މީހާގެ މެޓަބޮލިޒަމް ރަނގަޅުވެ، ހަށިގަނޑުގައި ހަކަތަ ހުންނަ ވަރު އިތުރުވެއެވެ.

މޭވާއާއި ތަރުކާރީ ކެއުން

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކެއުމުގައި މޭވާގެ ބާވަތްތަކާއި ތަރުކާރީގެ ބާވަތްތައް ހިމެނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މި އެއްޗެހި ކެއުމުގައި ހިމަނާނަމަ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓުތައް ލިބި، މީހާގެ ދިފާއީ ނިޒާމުގެ މަސައްކަތް ރަނގަޅު ވެއެވެ. އަދި ދިގުދެމިގެންދާ ބަލިތަކުންވެސް މީހާ ރައްކާތެރި ވެއެވެ.

ކާވަރު ކްންޓްރޯލު ކުރުން

ދުޅަހެރޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ކާއެއްޗެހި ކާވަރު ނުވަތަ ކާއެއްޗެހީގެ ޕޯޝަން ކޮންޓްރޯލު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިހެން ހެދުމުން މީހާގެ ބަރުދަން ކޮންޓްރޯލު ކުރެވޭނެއެވެ. އަދި އޭގެ ސަބަބުން ތަފާތު އެކި ބަލިތަކުން މީހާ ރައްކާތެރިވެއެވެ.

މަސްދަރު: ލައިވްމިންޓު



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން