އައްޑޫ މަގުތަކުގެ ފެންހިންދާ ނިޒާމުގެ ޕަންޕުތައް މާލެ ގެންނަން ނޫޅުއްވާ ކަމަށް ޢިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. އިބްރާހިމް މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މުއްޠަލިބު މިހެން ވިދާޅުވީ އައްޑޫގެ ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ބަހައްޓާފައިވާ ޕަމްޕްތައް މާލެ ގެންދިއުމަށް އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރުތައް ދޮގު ކުރަށްވަމުންނެވެ.
އެގޮތުން ވަޒީރު ވިދާޅުވީ އައްޑޫ ފެންހިންދާ ނިޒާމުގެ ޕަމްޕުތައް މާލެ ގެންނަން އުޅޭކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ހަމައެއާއެކު އައްޑޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް މުޅިން ނުނިމޭކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން އައްޑޫ މަގުހެދުމުގައި މިހާރު ކުރިއަށްދަނީ ޕަމްޕް ސްޓޭޝަންތަކުގައި ޕަންޕްތައް އިންސްޓޯލްކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްތައްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު އައްޑޫ މަގުތައް ތަރައްޤީކުރަނީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވާނެހެންކަމަށް ވަޒީރު މީގެކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެނަމަ ފެން ހިންދުމަށް ބޭނުންވާނެ ޒަމާނީ ނިޒާމެއް އައްޑޫގައި ޤާއިމުވެފައި އޮންނާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީގެ ފެން ހިންދާ ނިޒާމުގެ މަސައްކަތަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ކުރިއަށްގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ. 1 ބިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު އައްޑޫ ފޭދޫ، މަރަދޫ، މަރަދޫ ފޭދޫ، ހިތަދޫ އަދި ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ.

This is absolutely not true. We have not commissioned pumps yet and the contractor is carrying out installation and testing of pumps. https://t.co/D85Ss5JqGe
— Abdulla Muththalib (@muththo) January 2, 2025
ވަޒީރު މިހެން ވިދާޅުވެފައިވާއިރު އައްޑޫ މަގުތައް ތަރައްޤީކުރަނީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވާނެހެންކަމަށް ވަޒީރު މީގެކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެނަމަ ފެން ހިންދުމަށް ބޭނުންވާނެ ޒަމާނީ ނިޒާމެއް އައްޑޫގައި ޤާއިމުވެފައި އޮންނާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީގެ ފެން ހިންދާ ނިޒާމުގެ މަސައްކަތަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ކުރިއަށްގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ. 1 ބިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު އައްޑޫ ފޭދޫ، މަރަދޫ، މަރަދޫ ފޭދޫ، ހިތަދޫ އަދި ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ.
ކިޔުންތެރިންގެ ހިޔާލު