ސިކުނޑީގެ އާލާސްކަންފުޅެއްގައި ފަރުވާ ދެމުން ދަނިކޮށް ކޯވިޑް-19 އަށް ފައްސިވި އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަ ވެއްޖެ އެވެ.
އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވިކަން ދަރިކަލުން އަބިޖީތް މުކަރުޖީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ. ސިފައިންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށް މުކަރްޖީ އަވަހާރަވިއިރު، އުމުރުފުޅަކީ 84 އަހަރެވެ.
ކުރީގެ ރައީސް ޕްރަނާބު މިއަދު ހެނދުނު ކޯމާއަކަށް ދިޔަ ކަމަށާއި، އަދި އޮންނެވީ ވެންޓިލޭޓަރގެ އެހީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މުކަރުޖީއަކީ އިންޑިއާގެ 13 ވަނަ ރައީސެވެ. އެމަނިކުފާނު ރައީސްކަން ކުރައްވާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށެެވެ.
މުކަރުޖީ އަވަހާރަވުމާއި ގުޅިގެން އިންޑިއާގެ ރައީސް، ރާމް ނާތު ކޯވިންދު ވަނީ އާއިލާއަށް ތާއުޒިޔާ ފޮނުއްވާ ޓްވީޓެއް ކުރައްވާފަ އެވެ. އަދި ޕްރަނާބް ކުރެއްވި ބުރަ މަސައްކަތްތައް ވެސް ފާހަގަކުރައްވާފައިވެ އެވެ. ސިކުނޑީގެ ސާޖަރީއެއް ހަދާފައިވަނިކޮށް ކޮވިޑް ޖެހިގެން ޕްރަނާބްއަށް ފަރުވާދޭން ފެށީ މިމަހުގެ 10 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު