މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގްތިސާދަށް ވަން ބޭރު ފައިސާގެ މިންވަރު އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ މުހިންމު ޓްރާންސިޓް މަންޒިލްތައް ބަންދުވެ، ޓިކެޓުގެ އަގުތައް އިންތިހާއަށް އުފުލުނެވެ. މީގެ ނޭދެވޭ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކޮށް، ޓޫރިސްޓުން އައި އަދަދު ބޮޑުތަނުން ދަށްވިއެވެ. އެގޮތުން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބަލާއިރު ފަތުރުވެރިން އައި އަދަދު ހަ އިންސައްތަ ދަށަށް ގޮސްފައިވާއިރު، ޖުލައި މަހުގެ ނިޔަލަށް އެ އަދަދު ހުރީ ފަސް އިންސައްތަ ދަށުގައެވެ.
އެހެން ނަމަވެސް، މި ހާލަތު މަޑުމަޑުން ބަދަލުވެ، ފަތުރުވެރިކަން އަލުން ކުރިއަރަން ފަށާފައިވާ ކަމުގެ ފެހި ސިގްނަލްތައް މިހާރު ފެންނަމުންދާ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.
ޚާއްސަކޮށް ޔޫރަޕާއި އުތުރު އެމެރިކާގެ މާކެޓުތަކުން އައި ފަތުރުވެރިންގެ އަދަދު ދަށްވުމާ ގުޅިގެން، އެކަން ހައްލުކުރުމަށްޓަކައި މުޅިން އައު މާކެޓްތަކަށް ރާއްޖެ އިޝްތިހާރުކޮށް، ދަތުރުފަތުރުގެ ގުޅުންތައް (ކަނެކްޓިވިޓީ) ވަރުގަދަކުރުމަށް އެކަށީގެންވާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ބޭންކިން ނިޒާމަށާއި ރަސްމީ ރިޒާވަށް ޖަމާވާ ޑޮލަރުގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އަދި އަސާސީ މުދާ އެތެރެކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭންކުތައް މެދުވެރިކޮށް ދޭ ޓީޓީ ސަޕޯޓު ވަރުގަދަކުރުމުގެ ގޮތުން، އެމްއެމްއޭ އިން ވަނީ މިދިޔަ ހަފްތާގައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރުވެސް މަތިކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު