އައްޑޫސިޓީ ހިތަދޫގައި ހަދަން ނިންމާފައިވާ ޑްރައިވިން ލައިސަންސް ޓްރެކްގައި ތާރު އަޅަން ކައުންސިލުން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު އައްޑޫސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް ހަވާލުކުރީ ލަކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ކަމަށެވެ. މިކަމުގެ އެެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.
ކައުންސިލުން ބުނީ ލަކްސް ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ 14 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. މި މަސައްކަތަށް 495,000ރ. ހަރަދުވާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.
އާބާދީ ބޮޑު އައްޑޫގައި ޑްރައިވިން ލައިސަންސް ޓްރެކް ހަދަނީ ހިތަދޫގައި ހުންނަ ހިރާ ސްކޫލް ކުރިމަތިން ހުސްކޮށް އޮންނަ ބިމުގަ އެވެ. މިހާރުގެ ކައުންސިލުން މި ޓްރެކް އެޅުމާ ގުޅޭ މަސައްކަތްތައް ފެށީ 2022 ގެ ކުރީކޮޅު އެވެ. އޭރު ކައުންސިލުން ބުނީ ޓްރެކްގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.
ކާރޫބާރޫ ބޮޑު އައްޑޫއަށް މިފަދަ ޓްރެކެއްގެ މުހިންމުކަން އިންތިހާއަށް އޮތް އިރު އައްޑޫގައި ޑްރައިވިން ލައިސަންސް ޓްރެކެއް ހެދުމުގެ ވާހަކަ އަކީ 2020 އިން ފެށިގެން ދެކެވެމުން އައި ވާހަކައެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު