"އައްޑޫ އިންޓަ-އޮފީސް ވޮލީ ޓޯނަމަންޓް 2025" އަންނަ މަހު ބާއްވަން ނިންމައި މި މުބާރާތުގައި މިހާރު ބައިވެރިވެފައިވާ ޓީމުތައް ހާމަކޮށްފިއެވެ.

މި މުބާރާތް އިންތިޒާމުކުރާ އެސޯސިއޭޝަން ފޯ އައްޑޫ ވޮލީސް އިން ބުނީ މިހާރުވެސް މުބާރާތުގައި ދިހަ އޮފީހަކުން 13 ޓީމު ވާދަކުރާ ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ އޮފީސްތަކީ އައްޑޫ ސިޓީ ކައުންސިލް، ޕޮލިސް، ވެމްކޯ، އެމްޓީސީސީ، ފެނަކަ، އެސްޓީއޯ، ފޭދޫ ސްކޫލް، ވެމްކޯ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އެވެ.

ކުޅިވަރުގެ ރޫހު ވަރަށް ބޮޑަށް އޮތް އައްޑޫ ސިޓީގައި މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފިރިހެން އަދި އަންހެން ޑިވިޝަން އެކުލެވޭ ގޮތަށެވެ. އެގޮތުން ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަކުރާ އިރު، އަންހެން ޑިވިޝަންގައި ވާދަކުރާނީ ފަސް ޓީމެވެ.

މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 1-15 އްށް ފޭދޫ ވޮލީ ކޯޓުގައެވެ. އަދި މި މުބާރާތުގައި ޖުމްލަ 29 މެޗު ކުޅެން ހަމަޖެހިފައިވާ، މުބާރާތުގެ ކުޅުންތެރިންގެ އަދަދު 234 އަށް އަރައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން