ގާޑަން ލައިޓްތަކުން އައްޑޫ ސިޓީ ޒީނަތްތެރިކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން ވަނީ މިކަން ކުރަން ނިންމައި މިކަމަށް ބޭނުންވާ ލައިޓްތައް ހޯދަން މިހާރު އިއުލާންކޮށްފައެވެ.
ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އައްޑޫ ސިޓީ ޒީނަތްތެރިކުރުމަށްޓަކައި 200 ގާޑަން ލައިޓް ބޭނުންވާތީ އެ ތަކެތި ސަޕްކޮށްލައިކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލާފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ކައުންސިލުން ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 އާ ހަމައަށެވެ.
ރަޖިސްޓްރީވާން ބީލަން ހުށަހަޅާ ފަރާތުގެ ވިޔަފާރީގެ ނަމާއި ފޯނު ނަންބަރު އަދި މެއިލް އެޑްރެސް ކައުންސިލަށް ފޮނުވުމަށް ވަނީ އެދިފައެވެ.
ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ ސިޓީ ޒީނަތްތެރިކުރަން ގާޑަން ލައިޓްތަކެއް ޖަހަން ކައުންސިލުން ނިންމި އިރު، އައްޑޫގެ މަލަމަތި ޒީނަތްތެރި ކުރަން ދާދި ފަހުން އައްޑޫގެ އަވަށްތަކުގައި ކަދުރުރުއްތަކެއް ވެސް އިންދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު