އިންޑިއާގައި ސިއްހީ އޮފިޝަލަކު މީހެއްގެ ސާމްޕަލް ނަގަނީ
އިންޑިއާގައި ސިއްހީ އޮފިޝަލަކު މީހެއްގެ ސާމްޕަލް ނަގަނީ
ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން ދިޔަނަމަވެސް، އިންޑިއާގެ ލޮކްޑައުން އަށް ލުޔެއް ދިނުމުގެ ގޮތުން އިންޑިއާގެ ސަބްވޭ ޓްރެއިންތައް ހުޅުވައިލުމަށް ނިންމާފައިވާކަމަށް އިންޑިއާ ސަރުކާރާ ހަވާލާދީ ސީއެންއެން އިން ހާމަ ކޮށްފައި ވެއެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާގައި ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 75 ހާސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިދިޔަ ބުދަދުވަހު އެކަނިވެސް 85،687 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި މިއީ މިހާތަނަށް އެއްދުވަހުގެ ތެރޭގައި އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދުވަހެވެ.

އިންޑިޔާގައި ކޮވިޑް-19 ދުވަހެއް ދުވަހަކަށް ދަނީ ފެތުރެމުންނެވެ. މިގޮތުން 6 މަސް ދުވަސް ތެރޭގައި 1 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އިތުރު 3 ހަފްތާ ތެރޭގައި މިއަދަދު 2 މިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި 16 ދުވަސް ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގެ އަދަދު 3 މިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވާމީހުންގެ އަދަދު މައްޗަށް ދިޔަނަމަވެސް، އިންޑިޔާ ސަރުކާރުން އިންޑިޔާގެ ލޮކްޑައުންއަށް ލުއިތަކެއްދޭން ނިންމާފައިވާކަން މިިދިޔަ ހޮނިހިރު ދުވަހު، އިންޑިޔާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒާ އާހަވާލާދީ ސީއެންއެން އިން ހާމަކޮށްފައިވެއެވެ. މިގޮތުން ސެޕްޓެމްބަރު 1 އިން ފެށިގެން "އަންލޮކް 4" ގެ ނަމުން ނަންދެވި ލޮކްޑައުން އަށް ލުއިތަކެއް ވަނީ ތަޢާރަފް ކޮށްފައެވެ.

"އަންލޮކް 4"ގެ ގައި ހިމެނިގެން ލޮކްޑައުން އަށް ލިބުނު ލުއިތަކުގެ ތެރޭގައި ރޭލު ދަތުރުތަށް ފެށުމާއި، ކުޅިވަރާއި، އަޅުކަމާއި، ސަގާފީ ކުޅިވަރުތަކުގެ އިތުރުން، ސިޔާސީ ހަރަކާތްތަކުގައި 100 އަށް ވުރެގިނަމީހުންނަށް އެއްފަހަރާ ބައިވެރި ވެވޭގޮތަށް ވަނީ ލުއިދެވިފައިކަމަށް ސީއެންއެންގައި ބުނެފައިވެއެވެ. އަދި މިގޮތަށް އެއްވެ އުޅުމުގައި ގައިދުރުކަން ބެހެއްޓުމަށާއި، މާސްކްއެޅުމަށް މަޖުބޫރުވާނެ ކަމަވެސް އިންޑިޔާ ސަރުކާރުން ހާމަ ކޮށްފައިވާކަމަށްވެސް ސީއެންއެން އިން ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ އިޤްތިސޯދައް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވުމުން، މެއި މަހުން ފެށިގެން އިންޑިޔާގެ ލޮކްޑައުންއަށް ލުޔެއްދިނުމަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ނިންމަވައިފައެވެ. މިގޮތުން، ކޮވިޑް-19 އަކީ ދިރިއުޅުމުގެ ހިއްސާއަކަށް ވާނެކަމާއި، ކޮވިޑް-19 އާއި ގުޅިގެން އެންމެންގެ ދިރިއުޅުން އަބަދު ހުއްޓާލައިގެން ނުތިބެވޭނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން