1994 ގައި ރުވާންޑާގައި ހިނގި ހަމަނުޖެހުމުގައި ރުވާންޑާގެ އެތައްބަޔަކު ސަލާމަތް ކޮށްދިން ހީރޯ، ޕައުލް ރުސެސަބެގީނާ ހައްޔަރުކޮށްފައިވާކަމަށް ރުވާންޑާގެ އިދާރާތަކާ ހަވާލާދީ ސީއެންއެން އިން ބުނެފިއެވެ.
ޕައުލް ރުސެސަބެގީނާ، ރުވާންޑާގެ އެތައްބަޔަކު ސަލާމަތް ކޮށްދިނުމަށް ކުރި މަސައްކަތް ފާހަގަ ކުރުމަށް ހޮލީވުޑުން ހޮޓެލް ރުވާންޑާގެ ނަމުގައި 2004 ވަނަ އަހަރު ފިލްމެއްވެސް ވަނީ ނެރެފައެވެ.
ރުވާންޑާގެ ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން ކުރި ޓްވީޓެއްގައި، ޕައުލް ރުސެސަބެގީނާ ހައްޔަރު ކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ އެހީތެރިކަމާއެެކު ކަމަށް ވީނަމަވެސް އެހީތެރިވީ ކޮންގައުމެއްކަމެއް ފާހަގަކޮށްފައެއް ނުވެއެވެ.
ހޮޓެލް ރުވާންޑާ ގެ ހީރޯ، ޕައުލް ރުސެސަބެގީނާ ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމް ގެ މައްސަލައަކާއި ގުޅިގެންނެވެ. އަދި މިވަގުތު ޕައުލް ރުސެސަބެގީނާ ހައްޔަރުކޮށްފައި ހުރީ ރުވާންޑާގެ ކެޕިޓަލް، ކިގަލީގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ރުވާންޑާގެ ބިއުރޯ އޮފް އިންވެސްޓިގޭޝަން އާ ހަވާލާދީ ސީއެންއެންގައި ހާމަކޮށްފައިވެއެވެ. ޕައުލް ރުސެސަބެގީނާގެ މައްޗަށް ޓެރަރިސްމްގެ އަމަލްތަކަަށް ހިތްވަރުދިނުމާއި، ހަތިޔާރާ އެކު މިފަދަ ހައްދުފަހަނައަޅާފައިވާ ފަރާތްތައް ސްޕޮންސާ ކުރުމާއި، ޓެރަރިޒަމް ގެ އަމަލުތައް ހިންގުމަށް ހައްދުފަހަނައަޅާފައިވާ ގްރޫޕްތައް އުފައްދައި އެމީހުން ލީޑު ކުރަމުން ދިޔުމުގެ ތުހުމަތު ކުރެވިފައިވާކަމަށް ސީއެންއެންގައި ހާމަ ކޮށްފައިވެއެވެ.
ޕައުލް ރުސެސަބެގީނާގެ ފިރިހެންދަރި ޓްރިޒޮ ރުސެސަބެގީނާ ސީއެންއެން އަށް ދީފައިވާ ފޯން އިންޓަވިއުއެއްގައި ބުނެފައި ވާގޮތުން ޕައުލް ރުސެސަބެގީނާ ހައްޔަރުކުރުމުގެ ހަބަރާއެކު އާއިލާއިން ތިބީ ޝޮކެއްގައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ބައްޕަ ޑުބާއީ އަށް ދަތުރު ކުރަނިކޮށް ފޯނުންގުޅާ ވާހަކަ ދެއްކިކަމަށްވެސް ބުނެފައިވެއެވެ. ޓްރިޒޮ ރުސެސަބެގީނާ ވަނީ އޭނާގެ ބައްޕަގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި، މިކަމުގައި އެމެރިކާގެ އިދާރާތަކުން އެހީތެރި ވުމަށްވެސް ގޮވާލާފައެވެ.
1994 ގައި ރުވާންޑާގައި ހިންގި ގަތުލުއާންމުގައި ޕައުލް ރުސެސަބެގީނާ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ހޮޓެލްގައި އެތައް ސަތޭކަ ބަޔަކު ފޮރުވައިގެން ސަލާމަތް ކޮށްދިނެވެ. މިކަމާ ގުޅިގެން 1996 ވަނަ އަހަރު ޕައުލް ރުސެސަބެގީނާ ގެއްލުވާލުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބުވެ އޭނާ ވަނީ ރުވާންޑާ އިން ބޭރަށް ދިރިއުޅުން ބަދަލް ކޮށްފައެވެ.
ޕައުލް ރުސެސަބެގީނާގެ މަސައްކަތް ފާހަގަކޮށް އެތަކެއް ހިއުމަން ރައިޓްސް އެވާޑެއްވެސް ވަނީ އޭނާ ލިބިފައެވެ. މީގެ ތެރޭގައި ޔޫއެސް ޕްރެޒިޑެންޓް މެޑަލް އޮފް ފްރީޑަމް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު