އެމެރިކާހެ ހޮސްޕިޓަލެއްގައި ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދެނީ
އެމެރިކާހެ ހޮސްޕިޓަލެއްގައި ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދެނީ
އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީ އާ ހަވާލާދީ ސީއެންއެން އިން ހާމަކޮށްފައިވާގޮތުން 6،002،615 އެމެރިކާ މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެތެރޭގައި 183،203 މީހުން މިބަލީގައި މަރުވެފައިވެއެވެ.

އެމެރިކާގައި ކޮވިޑް-19 ފެތުރޭމިންވަރު އިތުރުވެ، 99 ދުވަސް ތެރޭގައި 1 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީ އާ ހަވާލާދީ ސީއެންއެން އިން ހާމަކޮށްފައިވެއެވެ. އަދި މިއަދަދުތައް ހަލުވި ކަމާއެކު އިތުރުވެ، 43 ދުވަސް ތެރޭ 2 މިލިއަން މީހުން ޕޮޒިޓިވްވެ، އަދި 28 ދުވަސް ތެރޭ 3 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ސީއެންއެން އިން ހާމަކޮށްފައިވެއެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާމީހުންގެ އަދަދު މިލިއަނުން އިތުރުވާކަށް މާގިނަދުވަސްތަކެއް ނުނަގައެވެ. ޕޮޒިޓިވްވި މީހުންގެ އަދަދު، 15 ދުވަސް ތެރޭގައި 4 މިލިއަނަށް އެރިއިރު، 17 ދުވަސް ތެރޭގައި 5 މިލިއަނަށް އަރާ، އިތުރު 22 ދުވަސް ތެރޭ 6 މިލިއަން އަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެގެން ދިޔަކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

އެމެރިކާގެ އިތުރުން، ބްރެޒިލް އަދި އިންޑިއާގައި މިލިއަނަކަށްވުރެ ގިނަމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. މިގޮތުން ބްރެޒިލް ގައި ގާތްގަނޑަކަށް 3،862،000 މީހުން ޕޮޒިޓިވް ވެފައިވާއިރު އިންޑިޔާގައި 3،621،000 މީހުން ޕޮޒިޓިވް ވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން