ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް އެ ޕާޓީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރިމަތިލައްވައިފި އެވެ.
އިންތި މިއަދު އެކްސްގައި ވިދާޅުވީ ޑިމޮކްރެޓްސްގެ ރައީސްކަމަށް ކުރިމަތިލާން ހުށަހަޅައި ތަރުޖަމާނުގެ މަގާމުން މިހާރު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް އިސްތިއުފާ ދެއްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ނެވެ.
ޑިމޮކްރެޓްސްގެ އާ ރައީސް އިންތިހާބުކުރުން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާއަށް ހަަމަވާ އިރު އިތުރު އެހެން ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވި ކަމެއް އަދި ސާފެއް ނުވެއެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާޢީދުކުރާ ފަރާތްތަކުން އުފެއްދި ޕާޓީއެކެވެ. ނަމަވެސް ފަހަކަށް އައިސް އެ ޕާޓީގެ ހަރަކާތްތައް މަޑުޖެހި އެ ޕާޓީގެ އިސް ބޭފުޅުންތަކެއްވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެގޮތުން ޑިމޮކްރެޓްސްގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ހުސެއިން އަމްރާއި ޑިމޮކްރެޓްސްގެ ކުރީގެ ޕީޖީ ލީޑަރ އަލީ އާޒިމް ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު