އާންމު މެންބަރުންނަށް ނޭނގި ވަގު ފޯމު ހުށަހަޅައިގެން ޑިމޮކްރެޓްސްގައި ތިބި ގިނަ އަދަދެއްގެ މެންބަރުން ވެރިކަންކުރާ ޕީއެންސީއަށް ބަދަލުކޮށްފައިވާކަމަށްބުނެ ޑިމޮކްރެޓްސްގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
އެ ޕާޓީން އެކްސްގައި މިއަދު ބުނެފައިވަނީ، ވަގު ފޯމު ފުރައިގެން އެ ޕާޓީގެ އެތަކެއް މެންބަރަކު ވެރިކަންކުރާ ޕީއެންސީއަށް ވައްދާފައިވާ މައްސަލައާއި ގުޅިގެން މިއަދު ވާނީ، ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ މައްސަލަ ތަހުގީގުކޮށް، އެ އަމަލު ހިންގި މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެ ދަށުން އެ ފަރާތްތައް ޖޫރިމަނާކޮށް، އެ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ މެންބަރުންގެ މެމްބަޝިޕް އަލުން އިއާދަކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާނޭކަމަށް ވެސް ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ.
އެ ޕާޓީގެ ވަގުތީ ރައީސް، ހުސެއިން ފިރުޝާން މިއަދު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްއިން އެކަނި ވެސް 700 އެއްހައި މެންބަރުން ޕީއެންސީއަށް ވައްދާފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ. އަދި ފުލުހަށް ޑިމޮކްރެޓްސްއިން މައްސަލަ ހުށަހެޅީ އެ ޕާޓީގެ މެންބަރުންގެ އިތުރުން ވެސް ޕީއެންސީއަށް ވަގަށް ވައްދާފައިވާ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގައި ގޮތުގައި ބަލައި ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެދި ކަމަށެވެ.

ވަގު ފޯމު ފުރައިގެން މި ޕާޓީގެ އެތަކެއް މެމްބަރަކު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދާފައިވާ މައްސަލައާއި ގުޅިގެން މިއަދު ވާނީ، ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ މައްސަލަ ތަހުގީގުކޮށް، އެ އަމަލު… https://t.co/kJKJZNVORt
— The Democrats (@TheDemocratsMV) January 26, 2025
އެ ޕާޓީގެ ވަގުތީ ރައީސް، ހުސެއިން ފިރުޝާން މިއަދު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްއިން އެކަނި ވެސް 700 އެއްހައި މެންބަރުން ޕީއެންސީއަށް ވައްދާފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ. އަދި ފުލުހަށް ޑިމޮކްރެޓްސްއިން މައްސަލަ ހުށަހެޅީ އެ ޕާޓީގެ މެންބަރުންގެ އިތުރުން ވެސް ޕީއެންސީއަށް ވަގަށް ވައްދާފައިވާ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގައި ގޮތުގައި ބަލައި ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެދި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު