ބަރަބޯ އޮށަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިނާއި މިނަރަލް ހިމެނޭ އަދި ތަފާތު އެކިކަހަކަ އެންޓި އޮކްސިޑެންޓުތައްވެސް ހިމެނޭ އެއްޗެކެވެ. އެހެންކަމުން މިއީ މީހާގެ ހަންގަނޑަށް ވަރަށްވެސް ފައިދާހުރި އެއްޗެކެވެ. މީގައި ހިމެނޭ ޒިންކް އަދި ވިޓަމިން އީ ފަދަ މާއްދާތަކުގެ ސަބަބުން ހަމުގެ ކޮލަޖެން އުފެއްދުން އިތުރުވެ، ހަމުގެ ދުޅަހެޔޮކަމާއި ޒުވާންކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
މިފަހަރު މި ހިމަނާލަނީ "ގްލާސް ސްކިން" ބޭނުންވާނަމަ ގޭގައި ބަރަބޯ އޮށްތަކުން މާސްކު ތައްޔާރު ކުރާނެ ގޮތެވެ.
މި މާސްކު ތައްޔާރު ކުރުމަށް ބޭނުންވާނީ 2 މޭޒުމަތީ ސަމުސާ ބަރަބޯ އޮށާއި، 1 މޭޒުމަތީ ސަމުސާ މާމުއާއި، އަދި 1 މޭޒުމަތީ ސަމުސާ އެޕަލް ސައިޑާ ވިނެގާ އެވެ. މި މާސްކު ތައްޔާރު ކުރުމަށްޓަކައި ހުރިހާ އެއްޗެއް ބޯތައްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާނީއެވެ. އަދި އެއަށްފަހު ކުޑަ ކިރުކޮޅެއް އަޅާފައި އޮލަ ވަންދެން އެއް ކޮށްލާނީއެވެ. އަދި މި ޕޭސްޓު މޫނުގައި ހާކާލުމަށްފަހު 10 މިނެޓު ފަހުން މޫނު ރަނގަޅަށް ދޮވެލާނީއެވެ.
މި މާސްކު ހަފްތާއަކު 2-3 ފަހަރު ބޭނުންކުރުމުން ހަމުގެ ފެންވަރު ރަނގަޅުވެ، ހަންގަނޑު އުޖާލާވެ އޮމާން ވާނެއެވެ.
މި މާސްކު ތައްޔާރު ކުރަން ބޭނުންވާ ތަކެއްޗަކީ ފަސޭހަކަމާއެކު ލިބެން ހުންނަ އެއްޗެހި ކަމުން މި ތައްޔާރު ކުރުމަކީ ވަރަށްވެސް ފަސޭހަކަމެކެވެ. ނަމަވެސް މިއިން އެއްވެސް އެއްޗަކަށް އެލާޖިކު ވާނަމަ ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު