އިންޑިއާ ޗައިނާ ހިއްސާކުރާ ހިމާލިޔާގެ ބޯޑަރ ސަރަހައްދުގައި ސިފައިން ފޯރިމަރަނީ
އިންޑިއާ ޗައިނާ ހިއްސާކުރާ ހިމާލިޔާގެ ބޯޑަރ ސަރަހައްދުގައި ސިފައިން ފޯރިމަރަނީ
އިންޑިއާ އަދި ޗައިނާއިން ހިމާލިޔާ ސަރަހައްދުން ހިއްސާކުރާ ބޯޑަރު ކައިރީގައި ދެގައުމުގެ އަސްކަރިއްޔާއިން އިތުރު ކުރިމަތިލުން ތަކަކަށް ހިނގައިދާނެ ކަމާމަށް ބެލެވެން ފަށައިފިއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިންޑިޔާއިން ޗައިނާގެ ބެލުމުގެ ދަށުގައިވާ ހިމާލިޔާ ސަރަހައްދަށް ވަދެފައިވާ ކަމަށް ޗައިނާއިން ތުހުމަތުކޮށްފައިވެއެވެ. މިފަދަ ތުހުމަތު ތަކެއް މިހާރު ކުރެވުންދާއިރު މީގެ ދުވަސް ކޮޅެއް ކުރިން އިންޑިޔާއާއި ޗައިނާއާއި ދެމެދުގައި ހިމާލިޔާ ސަރަހައްދުގެ ބޯޑަރުގެ މަސައްލައިގައި ހަމަނުޖެހުން ހިނގައި އަސްކަރިއްޔާގެ ގިނަ ބަޔަކު ޒަހަމްވެ ބައެއް މީހުން ދުނިޔެދޫކޮށްފައިވެއެވެ.

އިންޑިއާއާއި ޗައިނާހިއްސާކުރާ ހިމާލިޔާ ބޯޑަރުގައި ހިމެނޭ ޗައިނާގެ ސަރަހައްދަށް އިންޑިޔާއިން މަޑުމަޑުން ޖެހެމުން އަންނަކަމަށާއި އަދި މިއީ ދެގައުމުން ވެފައިވާ އެއްބަސްވުންތަކާ ހިލާފުވުންކަމަށާއި، އަދި މިއީ ދެގައުުމުގެ ސުލްޙަ މަސަލަސްކަން ނަގައިލުމަށް ކުރެވޭކަމެއްކަމަށް، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސީއެންއެން އާ ވާހަކަ ދައްކަވަމުން ބުނެފައިވެެއެވެ.

ނަމަވެސް ނިއުދިއްލީއިން ތުހުމަތު ކުރަނީ ބެއިޖިންގެ އަމަލުތައް މާ ހަރުކަށި ކަމަށާއި، އިންދިއާއިން އެއްބަސްވުމަކާ ހިލާފު ނުވާކަމަށެވެ.

ޖޫންމަހުން ފެށިގެން އެކިފެންވަރުގައި ދެގައުމުގައި މިކަމުގެ ނުތަނަވަސްކަން ދަނީ އިތުރު ވަމުންނެވެ. ނަމަވެސް ދެގައުމުގެ މިހަމަނުޖެހުންތައް އަދި މާ މައްޗަށް ނުދިއުމަކީ ހިތްހަމަ ޖެހޭ ކަމެއް ކަމަށް މީީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިދެގައުމަކީ އޭޝިޔާ ބައްރުގައި ހަތިޔާރުގެ ގޮތުން އެންމެ މުއްސަނދި އަދި ނިއުކްލިއާ ހަތިޔާރުގެވެސް ދެބާރު ކަމަށް ވުމުން، މިދެ ގައުމުގެ ދެމެދުގައި ހިނގާ ހަމަނުޖެހުމަކުން ނުރައްކާތެރި ހަނގުރާމައެއް ފެށީދާނެ ކަމުގެ ބިރު އޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން