ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެއްޗަށް މާކެޓު ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ، އައިއޯއެފްއެސް ގުޅިގެން ކުރިއަށްގެންދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ ދަނޑުވެރިންނަށް މާކެޓު ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރުގައި ވިއްކުމަށް ހުންނަ ދަތިތައް އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ރާއްޖެ އޮތުމުން ޑިމާންޑު އޮންނަ މާކެޓުތަކަށް ކާބޯތަކެތީގެ އުފެއްދުންތައް ވާޞިލުކުރުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް މާކެޓު ހޯދޭނެ ގޮތްތަކެއް ޤާއިމްކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދިވެހި ދަނޑުވެރިކަމަށް މޫސުމީ ބަދަލުތަކުގެ ސަބަބުންވެސް ގިނަ ދަތިތައް ކުރިމަތިވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެގޮތުން މީރުފެން ފަށަލަ ލޮނުވުމާއި ދުނިޔެ ހޫނުވުންފަދަ ކަންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ޤުދުރަތީ ކާރިސާތަކުން ދިމާވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރަންޖެހޭ ކަމަށާއި މިކަންކަމަށް ވިލުންތެރި ދަނޑުވެރި ނިޒާމެއް ޤާއިމްކުރަންޖެހޭކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު