އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް--
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް--
މިދިޔަ އަންގާރަ ދުވަހު އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންކަން ނާޒިލް ހާމަކުރައްވައިފި އެވެ.

ނާޒިލް އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެ ބައްދަލުވުމާ ގުޅޭ ގޮތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އަބްދުއްރަހީމާއެކު ބައްދަލުވުން ހިނގިކަން ކަށަވަރުކޮށްދެއްވައި ނާޒިލް ވިދާޅުވީ އެ ބައްދަލުވުމުގައި ދެއްކެވީ މިއަހަރު މަޖިލިސް ހުޅުވުމުގެ ވާހަކަތަކާއި މި ދައުރުގައި މަޖިލީހުގައި ހިނގާނެ ކަންތައްތަކުގެ އިތުުރުން ނިމިގެން ދިޔަ މަޖިލީހުގައި ހިނގައި ދިޔަ ކަންތައްތަކުގެ ވާހަކަތައްކަމަށެވެ.

ނާޒިލް ވިދާޅުވީ އެ ބައްދަލުވުމަކީ ރާވައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްވެސް ނޫން ކަމަށެވެ.

"އެ ދުވަހު މަޖިލީހުގެ އެޖެންޑާ ލިބުނު ގަޑީގައި އަޅުގަނޑުވެސް މަޖިލީހަށް ވަންނަން ދިޔަ ގަޑީގައި މަޖިލީހުގެ ރައީސްއާ އެ ދިމާވި ދިމާވުމަކުން އެ ދިމާވީ." ނާޒިލް ވިދާޅުވި އެވެ.

ނާޒިލް އަބްދުއްރަހީމާ ބައްދަލު ކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި އަބުދުއްރަަޙީމްގެ ގުޅުން ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް މުއިއްޒާއި އަބުދުއްރަޙީމްގެ ގުޅުން ގޯސްވެފައިވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބުދުއްރަޙީމްގެ ދަރިކަލުން ފައިސަލް މަގާމުން ވަކިކުރެއްވިފަހުންނެވެ. އޭގެ ފަހުން އަބުދުއްރަޙީމްގެ އާއިލާގެ ބައެއް ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަނީ ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން