ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ސަލާމަތް ވުމަށް ގިނަ ގައުމުތަކަކުން ވެކްސިން އުފައްދަމުން ދިޔަ ނަމަވެސް، އެމެރިކާއިން ވެކްސިން ހަދާނީ އިތުރު އެހެން ގައުމަކާ ނުގުޅިކަމަށް އެމެރިކާ ސަރުކާރުން ބުނެފައިވާކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފިއެވެ.
އެމެރިކާއިން މިގޮތަށް ނިންމީ ވެކްސިން އުފައްދަމުންދާއިރު ޑަބްލިއު އެޗް އޯ ފަދަ ސިއްހީ ވުޒާރަ ތަކުން ކުރިމަތިވެދާނެ ފިއްތުން ތަކަކުން ސަލާމަތްވެ މިނިވަންކަމާއެކު ވެކްސިންގެ މަސައްކަތް ކުރުމަށް ކަމަށްވެސް އެމެރިކާ ސަރުކާރުން ބުނެފައި ވެއެވެ.
މީގެ ކުރިންވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޑަބްލިއު އެޗް އޯ އަކީ ޗައިނާގެ ނުފޫޒު ފޯރުވާފައިވާ ތަނެއް ކަމަށް ވިދާޅުވެ އެޖަމިއްޔާއަށް ފާޑުވިދާޅުވެފައެވެ.
ކޮވިޑް-19 އަށް ވެކްސިން ތައްޔާރުކުރުމުގައި 150 ގައުމަކުން މަސައްކަތް ކުރަމުން ދެއެވެ. މިގައުމު ތަކުން މަސައްކަތް ކުރަނީ ޑަބްލިއު އެޗް އޯގެ ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި ތަހުލީލުތައް ކުރަމުންދާ ކޯވެކްސް ފެސިލިޓީއާ ގުޅިގެންނެވެ. މިގޮތުން ވެކްސިން ތައްޔާރުކުރުމުގައި ކޯވެކްސް ފެސިލިޓީއާ ގުޅިގެން މަސައްކަތް ކުރުމުން ވެކްސިންގެ އުފެއްދުން ދާނީ ޑަބްލިއު އެޗް އޯގެ ބެލުމުގެ ދަށުންނެވެ.
ކޯވެކްސްއާ ގުޅިގެން ކުރިއަށް ދިއުމުން، ކޮންމެ ގައުމަކުން ވެކްސިން ހެދިކަމުގައިވިޔަސް އެމެރިކާއަށް ވެކްސިން ލިބުމުގެ ގެރެންޓީ އޮންނާނެކަމަށާއި ވަކިވެގަތުމުން ވެކްސިން ލިބުމުގެ ފުރުސަތުވެސް ހަނިވެގެންދާނެކަމަށް ބައެއް ސިއްހީ މާހިރުން ފާހަގަ ކުރައްވާފައިވެއެވެ.
ގިނަ ގައުމުތަކަކުން ވެކްސިން ތައްޔާރު ކުރަމުގެ މަސައްކަތް ކުރަމުން ދާއިރު މަދު ވެކްސިންތަކެއް ނަމަވެސް މިހާރުވަނީ އިންސާނުންނަށް ދީގެން ކުރާ ތަހުލީލުތަކުގެ މަރުހަލާގައެވެ. މީގެ ތެރެއިން ލަންޑަން ގެ ކުންފުޏެއް ކަމަށްވާ އެސްޓްރާ ޒެނެކާ ބުނާގޮތުގައި އެކުންފުނިން އުފައްދާ ވެކްސިންގެ އެންމެ ފަހުގެ ތަހުލީލުތަކުގެ މަރުހަލާ އެމެރިކާގައި ކުރިއަށް ގެންދިއުމަށް ފަށާފައިވާއިރު، މިތަހުލީލު ތަކުގައި 30،000 މީހުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު