ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށާއި އެ ބަޣާވާތް އަބަދާއި އަބަދު ކުށްވެރި ކުރަންޖެހޭކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަސްކަމަށްވާ ފެބްރުއަރީ 7 ވަނަ ދުވަހާއި ގުޅުވައި ރައީސް ނަޝީދު މިހާރު ނިސްބަތްވާ ޕާޓީކަމަށްވާ ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ، ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ ހައްގުތަކަށް ބައްޓަންވެގެންދިޔަ ހެޔޮވެރިކަމުގެ ބޮޑެތި ބަދަލުތަކެއް ފެނުނު ކަމަށެވެ.

އެގޮތުން، ކޮންމެ ރައްޔިތަކަށް ހިލޭ ބޭސްފަރުވާ ލިބޭނެ މަގު ފަހިކޮށްދެވުނު ކަމަށާއި، ހިލޭ ފޮތްފަންސޫރާ ތައުލީމު ދެވޭން ފެށުނު ކަމަށާއި، ދޮށީ މީހުންނަށާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ނިކަމެތި ޔަތީމުންނާ އެކަނިވެރި މައިންނަށް ދައުލަތުން ދާއިމީކޮށް އަޅާލާން ފެށުނު ކަމަށާއި ޓެކްސް ނިޒާމެއް ތައާރަފުކުރެވުނު ކަމަށް ބުނެފައިވެއެވެ.



އޭގެ އިތުރުން، ބޯހިޔާވަހިކަމާއި، ފެނާ ނަރުދަމާ އަދި ބަނދަރުތައް ހިމެނޭހެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފެށުނު ކަމަށާއި މަހުގެ އަގު އުފުލައި، ހަމަ އަގުގައި މަސްވެރިންނަށް ފައިސާ ދޭން ފެށުނު ކަމަށާއި ގެސްޓްހައުސް ވިޔަފާރި ތައާރަފުކުރެވުނު ކަމަށާއި ދަތުރުފަތުރުގެ ނިޒާމެއް ފަށައި އަދި ލާމަރުކަޒީ ނިޒާމު މުޅި ރާއްޖެއަށް އެ ސަރުކާރުގައި ތައާރަފު ކުރެވިގެންދިޔަކަމަށް ބުނެފައިވެއެވެ.

ނަމަވެސް، އެ ހުރިހާ އުފާވެރި އުއްމީދީ ހެޔޮބަދަލުތައް ހުއްޓުވާލައި އަލުން އިހުގެ ހުދުމުހުތާރު ސަގާފަތާ ދިމާލަށް ގައުމު ސޮއްސުވާލީ ފެބްރުއަރީ 7، 2012 ގައި ރޯމާދުވާލު ހިންގި ބަޣާވާތްކަމަށާއި އެ ބަޣާވާތް އަބަދާއި އަބަދު ކުށްވެރިކުރަން ޖެހޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން