އެމޭޒަންގެ ވެރިޔާ ޖެފް ބެޒޮސް ގެ ކުރީގެ އަންހެނުން މެކެންޒީ ސްކޮޓް (ކ)
އެމޭޒަންގެ ވެރިޔާ ޖެފް ބެޒޮސް ގެ ކުރީގެ އަންހެނުން މެކެންޒީ ސްކޮޓް (ކ)
އެމޭޒަންގެ ވެރިޔާ ޖެފް ބެޒޮސް ގެ ކުރީގެ އަންހެނުން މެކެންޒީ ސްކޮޓް، ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓްގެ އެއްވަނައިގައި ހިމެނިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓުން މެކެންޒީ ސްކޮޓް ކުރިއަށް ޖެހިލާފައި މިވަނީ އޭނާގެ ހިއްސާ އޮންނަ އެމޭޒަން ކުންފުނީގެ އަގު ސްޓޮކް މާކެޓްގައި އުފުލުމުންނެވެ. އެމޭޒަން ގެ ވެރިޔާ ޖެފް ބެޒޮސް އާއި މެކެންޒީ ސްކޮޓްގެ ކައިވެނި ރޫޅުނު އިރު އެމޭޒަން ސްޓޮކްގެ 25 އިންސައްތަ ހިއްސާ އަދި އެމޭޒަން ކުންފުނީގެ 4 އިންސައްތަ ހިއްސާ އޭނާއަށް ވަނީ ލިބިފައެވެ.

ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ އިގްތިސާދަށް އަސަރުކޮށް، ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓަށްވެސް ވަނީ ކުޑަ ބަދަލެއް އައިސްފައެވެ. އެގޮތުން މިދިޔަ ހަފުތާގައި ފޭސްބުކްގެ ސީއީއޯ ފަހަތައް ޖައްސާލުމަށްފަހު ޓެސްލާގެ ސީއީއޯ، އީލަން މަސްކް ވަނީ ކުރިއަށްޖެހިލައި ލިސްޓްގެ ތިންވަަނައަށް އަރައިފައެވެ.

މިބަދަލާއިއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި މިހާރު ތިބީ ޖެފް ބެޒޮސް، ބިލް ގޭޓްސް، އީލަން މަސްކް، އަދި މާކް ޒަކާބާގ ކަމަށް އެންބީސީ އިން ރިޕޯޓް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން