އަންހެނަކު ނިދާފައި އޮއްވައި އަނގައިގެ ތެރެއިން ވަނތް 4 ފޫޓުގެ ހަރުފައެއް އޮޕަރޭޝަން ކޮށްގެން ޑޮކްޓަރުން އެއަންހެން މީހާގެ ކަރުތެރެއިން ނަގައިފިއެވެ.

ރަޝިޔާގެ ލިވަޝީގައި ހިނގާދިޔަ މިހާދިސާގައި އަންހެންމީހާގެ އަނގަތެރެއަށް ހަރުފަ ވަނތް އިރު، އޭނާ އަށް އޮތީ ގެއިން ބޭރުގައި ނިދިފައިކަމަށްވެސް މީީޑިއާގައި ރިޕޯޓު ކޮށްފައި ވެއެވެ. މި އަންހެންމީހާ ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން އޭނާ ހޭނެއްތުމަށްފަހު ޓިއުބެއް ބޭނުންކޮށްގެން ކަރުތެރޭގައި ތާށިވެފައި އޮތް 4 ފޫޓުގެ ހަރުފަ ނަގާފައިވާކަމަށް މެލޭޝިޔާގެ ދަ ސްޓަރ ނިއުސް އިން ހާމަކޮށްފައިވެއެވެ.

ނަމަވެސް މި ހަރުފަ އަންހެންމީހާގެ ކަރުތެރޭގައި ތާށިވެފައި އޮތީ ކިހާ ވަގުތަކުކަމާއި އޮޕަރޭޝަނަށްފަހު މި ހަރުފަ ނެގިއިރު ހަރުފަ އޮތީ މަރުވެފައި ކަންވެސް މާބޮޑަށް ޔަގީން ނުވާކަމަަށް، މެލޭޝިޔާގެ ދަ ސްޓަރ ނިއުސްގައި ހާމަކޮށްފައިވެއެވެ.

މިހާދިސާ އާ ގުޅިގެން ބައެއް މީހުން ބުނެފައިވަނީ އެއީ ހަރުފައަކަށް ނުވެދާނެކަމަށާއި އެއީ ދަނޑުތަކުން ފެންނަ ފަދަ ބޮޑު ފަންޏަކަށް ވެސް ވެދާނެކަމަށެވެ. އަދި ބައެއް މީހުން ހަރުފައެއް މީހެއްގެ އަނގަތެރެއައް ވަދެދާނެ ކަމާމެދުވެސް ސުވާލު އުފައްދައިފައި ވެއެވެ.

މި ހާދިސާއި ގުޅޭ ގޮތުން ސަރުކާރުގެ ސިއްހީ ވުޒާރާގެ ބަހެއް ލިބިފައި ނުވާ ކަމަށް މީޑިއާ ތަކުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން