ބްރެޒިލްގައި މާބަނޑު އަންހެން މުދައްރިސަކަށް އޭނާގެ ރައްޓެހިން ދިން "ސަޕްރައިޒް ބޭބީ ޝަވަރ" ޕާޓީ އެއްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެއްޖެއެވެ.
އާއިލާއާ ހަވާލާދީ ދަ ސްޓަރ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާޓީ ތެރެއިން މާބަނޑު އަންހެންމީހާވަނީ އޭނާއަށް ނޭނގިނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ހުރި ރައްޓެއްސަކާ ކޮންޓެކްޓް ވެފައެވެ. އަދި އޭނާ ކޮންޓެކްޓްވި މީހާގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ނެތުމުން އޭނާ ޓެސްޓު ނުކުރާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާގެ ފަރާތުން ބަލި ޖެހުނު ކަމަށް ބެލެވޭ މާބަނޑު މީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފަށާފައިވަނީ ޕާޓީ ނިމުނުތާ ތިން ދުވަސް ފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރި ވުމަށް، ކަމީލާ ގްރީސިއާނޯ ނަމަކަށް ކިޔާ މި މާބަނޑު އަންހެންމީހާ އުޅުނީ ވަރަށް ބަލައިގެން ކަމުގައި ވީނަމަވެސް، ހުސްވިމަހު ކުރީކޮޅު ހިނގާދިޔަ މިހާދިސާގައި، މާބަނޑު އަންހެން މީހާ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓު ކުރި ކަމަށްވެސް އާއިލާއިން ބުނެފައިވާކަމަށް ބްރެޒިލްގެ ނޫސްތަކާ ހަވާލާދީ ދަ ސްޓަރ އިން ހާމަކޮށްފައިވެއެވެ.
ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ކޮވިޑް-19 އިން ބަނޑުގައި އޮތް ދަރިފުޅު ސަލާމަތް ކުރުމުގެ ގޮތުން ޑޮކްޓަރުން ވަނީ ދުވަސް ނުފުރާ ދަރިފުޅުނަގާފައި ކަމަށް ކަމީލާ ގްރީސިއާނޯގެ ބޭބެ ޑެނިއެލް ހީލިއޯ އެމްބްރޮސިއޯއާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ. ދުވަސް ނުފުރައި ދަރިފުޅު ނަގަންެޖެހުނު ނަމަވެސް، ކަމީލާ ގްރީސިއާނޯގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި، އޮޕަރޭޝަނަށް ފަހު ކަމީލާގެ ހާލުވެސް ރަނގަޅުވާން ފެށުމުން އުންމީދު އާވިކަމަށް ކަމީލާ ގްރީސިއާނޯގެ ބޭބެ ބުނެފައިވެއެވެ.
ނަމަވެސް ކުއްލިއަކަށް ކަމީލާގެ ހާލު ގޯސްވެ އޭނާ މަރުވީ ކަމަށް ބޭބެ ބުނެފައިވެއެވެ.
"މިކަމުން ވެސް އަންގައިދެނީ މިއީ ބިރުވެރި ބަލިމަޑު ކަމެއްކަން." ޑެނިއެލް ހީލިއޯ ބުނެފައި ވެއެވެ.
ބްރެޒިލް ގައި މިހާތަނަށް 3.9 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮސިޓިޥް ވެފައިވާކަަމަށް ޖޯން ހޮޕްކިންސް ޔުނިވަރ ސިޓީ އިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު