ކޯވިޑް-19 އަށް ފައްސިވި ނަމަވެސް ބަލީގެ އަލާމާތް ނުފެނި ފްލައިޓްތަކުން ދަތުރުކުރާ މީހުންގެ ފަރާތުން އެހެންމީހުންނަށް ބަލީގެ ވައިރަސް ފެތުރުމުގެ ފުރުސަތު މާ ބޮޑުކަމަށް އެމެރިކާގެ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ކުރި ދިރާސާ އަކުން ދައްކައިފިއެވެ.
އިމަރޖިންގ އިންފެކްޝަސް ޑިޒީޒް ޖާނަލްގައި ޝާއިއު ކޮށްފައިވާ މި ދިރާސާ އިން ހާމަކޮށްފައިވާގޮތުން މިލާން އިން ސިއޯލް އަށް ދަތުރު ކުރި ފްލައިޓަކުން ކޮވިޑް-19 ޖެހިފައިވީ ނަމަވެސް ބަލީގެ އަލާމާތެއް ނުފެނި ހުރި މީހެއްގެ ފަރާތުން، އެހެން މީހަކަށް ބަލި ޖެހިފައިވަނީ އޭނާ ބޭނުންކުރި ފާހާނާ ބޭނުންކުރުމުގެ ސަބަބުންނެވެ.
މިމީހާ ފްލައިޓު ތެރޭގައި ހަމައެކަނި މާސްކް ނަގާފައިވަނީ ކެއުމަށާއި ފާާހާނާއަށް ދިއުމަށް އެކަނި ކަމަށްވެސް މި ދިރާސާގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. މިގޮތުން އެއްފާހާނާއެއް ބޭނުން ކުރުމުން ވައިރަސް ފެތުރެމުންދާލެއް އަވަސްވެދާނެކަމަށްވެސް މި ދިރާސާގައި ބައިވެރިވި ކޮރެއާގެ ޕަލްމޮނޮލޮޖިސްޓް ޑރ ޔޮން ޑޮންގ ކިޔޮން ފާހަގަ ކޮށްފައިވެއެވެ.
މި ފްލައިޓުން ބައްޔަށް ފައްސިވި މީހަކީ ފުރުމުގެ ކުރިން، އިޓަލީގައި ގޭގައި 3 ހަފްތާ ވަންދެން ކަރަންޓީނު ވުމަށްފަހު ފްލައިޓަށް އެރުވީވެސް ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެނޭތޯ ބަލާފައެވެ. ސީއޯލްގައި 14 ދުވަހުގެ ކަރަންޓީނަކަށް ދިއުމުގެ ކުރިން ޓެސްޓު ކުރުމުން މި ފްލައިޓުން ދަތުރު ކުރި 299 މީހުންގެ ތެރެއިން 6 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މި 6 މީހުންގެ ފަރާތުން އެއްވެސް ވަރަކަށް ކޮވިޑް ގެ އަލާމާތެއް ނުފެންނަކަމަށް ވެއެވެ. ވީމާ މި 6 މީހުންނަށް ކޮވިޑް-19 ގެ ވައިރަހު ގެ އަސަރު ކޮށްފައިވަނީ ފުރުމުގެ ކުރިން ކަމަށް ބެލެވޭކަމުގައި މި ދިރާސާގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާކަމަށް ދަ ޖަކާޓާ ޕޯސްޓްގައި ބުނެފައިވެއެވެ.
14 ދުވަހުގެ ކަރަންޓީނު ނިންމައި ހެދި ޓެސްޓުތަކުން އަލާމާތްތައް ނުފެނި ހުރި ބަލިމީހާއާ އެއް ފާހާނާ އެއް ބޭނުން ކުރި މީހާ ޕޮޒިޓިވް ވެފައިވެއެވެ. މިއިން ދޭހަވަނީ އަލާމާތް ނެތް ކަމުގައި ވިޔަސް މިވައިރަސްގެ އަސަރު ކޮށްފާނެކަމާއި އަދި މިގޮތަށް ވައިރަސް ގެ އަސަރުކޮށްފައިވާ މީހަކު ބޭނުން ކުރާ ފާހާނާ އެއް ބޭނުންކުރުމުން އެހެން މީހުންނަށްވެސް ބަލީގެ އަސަރު ކުރާނެ ކަމަށް މި ދިރާސާ އިން ހާމަވެގެންދާކަމަށް ދަ ޖަކާޓާ ޕޯސްޓްގައި ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު