އަހުޒަމް އަޙްމަދު   10 ފެބްރުއަރީ 2025 - 22:38
އެމްއެމްއޭ--
އެމްއެމްއޭ--
ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން މިިދިޔަ މަހު 50 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކޮންމެ ޓްއަރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭގޮތަށް ކަނޑައަޅާފައިވާ ގާނޫނު ރައީސް ޑރ މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު 14 ގައެވެ. އަދި އެ ގާނޫނަށް މިިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

އެމްއެމްއޭއިން މިރޭ ބުނީ ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ރިޒޯޓަކުން ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކުރިކަމަށާއި މިދިޔަ މަހު ޖުމްލަ 50 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކުރި ކަމަށެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް 708.1 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު ފަސް ޕަސެންޓްގެ އިތުރުވުމެކެވެ.

"މީގެ މައިގަނޑު ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ހަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމެވެ. މި ގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު ވަނީ ޑިސެންބަރު މަހާ އަޅާބަލާއިރު 12 ޕަަސެންޓް އިތުރުވެފައެވެ. އަދި، ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ގެނެވުނު ބަދަލާއެކު، މި މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައި ވުމަކީ ވެސް މީގެ އެއް ސަބަބެވެ." އެމްއެމްއޭއިން ބުނެފައި ވެެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން