އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށާއި މި މައްސަލައާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތްކުރި މަންޒަރު ފެނިފައިވާ ކަމަށެވެ. އެ މީހުން ފިލަން މަސައްކަތްކުރި ސަބަބު އިތުރަށް ބެލުމުން މީހަކު ރަހީނުކޮށްފައިވާކަން އެނގުނު ކަމަށްވެސް ފުލުހުން ބުންޏެވެ.
އިތުރަށް މި މައްސަލަ ބެލި ބެލުމުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކޮށްފައި ވަނީ 15 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ. ނަމަވެސް އެ މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ދީފައެއް ނުވެ އެވެ.
އައްޑޫގެ ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މައިލޯ ދަނޑު ސަރަހައްދުގައި މީހަކު ރަހީނުކޮށްފައިވާ އިރު، އެ ސަރަހައްދުގައި މައިލޯ ސިޓީގެ ނަމުގައި ޖަގަހައެއްވެސް ހަދައިގެން ގުރޫޕެއްގެ ބަޔަކު ތިބެއެވެ. އަދި ގޭންގަކުން ކެފޭ އުސޫލުން މަސްތުވާތަކެތީގެ މުއާމަލާތްތަކެއް ވެސް ދަނީ އެ ސަރަހައްދުގައި ހިންގަމުންނެވެ. އަދި އެ ގޭންގަށް ކުދިން ރެކްރޫޓްކުރާ މައްސަލަ ވެސް ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު